އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލާމާތްތައް ހުރުމުން ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ޕޮޒިޓިވްކަން އެނގުނީ މިއަދު ނަތީޖާ ލިބުމުންނެވެ.
ފުއާދު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ އޮފީހަށްވެސް ވަދައިގެންނެވިއެވެ. އަދި ދެ ސެކްޝަނެއްގެ ސްޓާފުންނާއިވެސް ފުއާދާއި ވަނީ ބައްދަލުވެފައެވެ. ފުއާދު އޮފީހުގައި އުޅުއްވަނީވެސް މާސްކު އަޅުއްވައިގެންނެވެ. ކޯވިޑަށް ޕޮޒިޓިވްވި ނަމަވެސް ފުއާދުގެ ހާލުކޮޅު ރަނގަޅެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ފުވާދު ތައުފީޤް އިންތިޚާބު ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުވާދު ތަޢުފީޤްވަނީ 2009ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014ވަނަ އަހަރުގެ މާޗްމަހާ ހަމައަށް އެކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ.