އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ “ކޮތަޅު ބަޖެޓު 2022” ކަމަށް ޕީއެންސީގެ ނާއިބް ރައީސް ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝިޖާ ވިދާޅުވެއްކެއެވެ.
ޝުޖާ މިގެން ވިދާޅުވީ ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި އެ ޓެކްސް އިން 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި އަންދާޒާކޮށްފައިވާތީއާއި، ގްރީން ޓެކްސްވެސް ނެގުމަށް ބަޖެޓުގައި ހިމަނާފައި ވުމުންނެވެ.
ގްރީން ޓެކްސްގެ އިތުރުން ރައްޔިތުންގެ އަތުން ކޮންމެ ކޮތަޅަކަށް -/2ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ނަގާގޮތައް ހުށައެޅި “ކޮތަޅު ބަޖެޓު 2022”
– ޝުޖާ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކޮތަޅަކަށް 1ރ. އާއި 4ރ. އާ ދެމެދުގެ އަދަދަކުން ޓެކްސްއެއް ގިނަ ގައުމުތަކުގައި ނަގާ ކަމަށާއި، އެ ފަދަ ގައުމުތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ވަނީ 60 ޕަސެންޓާއި 90 ޕަސެންޓުގެ މިންވަރަކަށް ދަށްވެފައި ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ޓެކްސް ނެގުން އެއް ކުއާޓާ އަށް ލަސް ވެއްޖެ ނަމަ ޕްލާސްޓިކް ކޮތަޅުން ލިބޭ އާމްދަނީ 35 މިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ. އަދި ތިން ވަނަ ކުއާޓާ އަށް ޓެކްސް ނެގުން ލަސްވެއްޖެ ނަމަ 23 މިލިއަން ރުފިޔާ އަށް އާމްދަނީ ދަށްވާނެ އެވެ. އަދި ހަތަރު ވަނަ ކުއާޓާއަށް މިކަން ތަންފީޒުކުރުން ލަސްވެއްޖެ ނަމަ ލިބޭނީ 10 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ވެސް އާންމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ