ކުޅުދުއްފުށި ސިޓީން ދެ ފޫޓުގެ ހަރުފައެއް ފެނިއްޖެއެވެ.
މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހަރުފަ ފެނިފައިވަނީ ލަކުޑިތައް ޕިކަޕަކަށް އަރުވަނިކޮށެވެ. މިހާރު މިހަރުފަ ވަނީ އެމްއެންޑިއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހަރުފަ ފެނުނު ލަކުޑިތަކަކީ މީގެ ދެ ދުވަހެއްކުރިން ރާއްޖެއިން ބޭރުން ގެނައި ލަކުޑި ތަކެއްގެ ތެރެއިން ފެނިފައިވާ ހަރުފައެކެވެ. މި ހަރުފައިގެ ވިޑިއޯވެސް މިހާރު ދައުރުވަމުންދާއިރު، ހަރުފައިގެ ދިގު މިނުގައި 2 ފޫޓު ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ޕައިތަން އާއިލާއަށް ނިސްބަތްވާ ހަރުފައެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ