ރައީސް މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީއަށް

ރައީސް މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީއަށް

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2021 11:13
0

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ޞާލިހުގެ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފއިވަނީ މިއަދު މެދުރުފަހުއެވެ. ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީފައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، މިއަދު ހަވީރު ކުޅޭ ޚާއްސަ ފުޓުބޯޅަ މެޗު ޝަރަފްވެރި ކޮށްދެއްވާނީވެސް ރައީސް ޞާލިހުއެވެ. އަދި މިރޭ ބާއްވާ ޒުވާނުންގެ ދުވަހުގެ ޖަލްސާވެސް ޝަރަފްވެރި ކޮށްދެއްވާނީ ރައީސް ޞާލިހުއެވެ.

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް މިއަދު ކުޅުދުއްފުއްޓަ ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް މާދަމާ ވަޑައިގަންނަވާނެއެވެ.

ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި އެކްސްޕޯގައި އޮކްޓޫބަރު 25 ވަނަ ދުވަހަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަހެވެ. ރައީސް ވަޑައިގަންނަވަނީ އެ ދުވަހާ ދިމާކޮށެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް މިމަހުން ފެށިގެން ހަމަސް ދުވަހު ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ. މެދުއިރުމަތީގެ ގައުމެއްގައި މުޅިން އަލަށް ބާއްވާ މި އެކްސްޕޯގެ އަމާޒަކީ އާ އީޖާދުތަކާއި އެކިއެކި ހިޔާލުތައް އެއްތަނަކުން ދައްކައިދީ އެކަންކަމުގެ ތެރެއިން އިންސާނިއްޔަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

މި އެކްސްޕޯގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.