ހދ.މަކުނުދޫ ޞިއްޚީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެ ބަލިމީހުން ގެންދާނެ ގޮތެއްނެތި، ބަރޯގައި ބަލި މީހުން އުފާލަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
މިކަން އެންމެ ބޮޑަށް ސަމާލުކަމަށް އައިސްފައިވަނީ ބަލި މީހަކު ބަރޯއަކަށް ލައިގެން އޭނާގެ ދަރިފުޅު މަރުމަޒަށް ގެންދިޔަ ފޮޓޯ ސޯޝަލް މީޑިއާގައި އަންމު ވުމާއި ގުޅިގެންނެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ރަށުގައި ހާލު ބޮޑު ބަލި މީހުން ފަހަކަށް އައިސް އުފުލަނީ ބަރޯގައި ނުވަތަ އެފަދަ ކޮންމެވެސް އެޗެއްގައި ކަމަށެވެ.
މަރުކަޒުގައި އޮތް އެމްބިއުލާންސް ހަލާކުވެ ނުދުއްވޭތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. އަދި މިކަމުގެ ކަންބޮޑުވުން ދާއިރާގެ މެމްބަރަށާއި، ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމުންވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށެވެ. އެމްބިއުލާންސްގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަށް މިހާރުވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވޭ ހާލަތުގައި ހުރިއިރު، އެކަށިގެންވާ އަދަދަކަށް ރާއްޖެއަށް އަދިވެސް އެމްބިއުލާންސް ގެނެވިފައި ނުވެއެވެ.
22 October 2021, 00:06 ga balihaalugaiva muskulhi bappa govaigen dharifulhu Hdh.Makunudhoo Health Centre ah baroyakah laigen govaigen ai hihdhathi manzaru. Asareh nukureytho.. Health Centre ge Ambulance halaakuvefa onnatha ethah dhuvaheh. meetho rayyithumyha ah hagguva minvaraky pic.twitter.com/2Oq7LvYDEq
— Nuhaa.aaa (@nuhaa_aaa) October 22, 2021
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލާންސް ޚިދުމަތަށް ނެރެވޭނެކަމަށް އަންދާޒާކުރައްވާކަމަށެވެ. ހެލްތް މިނިސްޓަރ އަހްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމްބިއުލާންސްތައް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އެއްގަމުގައި ދުއްވާ އެމްބިއުލާންސް ތަކުގެ މައްސަލަތައް ބޮޑުއިރު، ރާއްޖޭގައި ދުއްވާ ގިނަ ސީ އެމްބިއުލާންސްތަކުގެ މައްސަލަ ބޮޑުވެ އަޝަކުވާވެސް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ އެމްބިއުލާންސްގެ މައްސަލަ ހައްލުވާނީ ބަޖެޓް ލިބުމުންކަމަށެވެ.
ކޮމެންޓު ފޮނުވާ