ދުނިޔޭގެ އެންމެ އުސް އެބުރޭ އުދޯލި އިފްތިތާޙުކުރީ ވަލީއަހުދު އެންމެ އުހުގައި އިންނަވާ ހިއްޕެވި ކޮފީ ތަށިން

ދުނިޔޭގެ އެންމެ އުސް އެބުރޭ އުދޯލި އިފްތިތާޙުކުރީ ވަލީއަހުދު އެންމެ އުހުގައި އިންނަވާ ހިއްޕެވި ކޮފީ ތަށިން

Author
ހުސެއިން
21 އޮކްޓޯބަރ 2021 05:46
0

ދުބާއީގައި އަލަށް ހެދި، ދުނިޔޭގެ އެންމެ އުސް އެބުރޭ އުދޯލި އިފްތިތާޙު ކުރުމުގެ ގޮތުން، އެގައުމުގެ ވަލީއަހުދު، ޝެއިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމް، ވައްބުރުގެ އެންމެ މަތީ އުދޯލީގެ ފުރާޅުމަތީ އިންނަވައިގެން ކޮފީ ހިތްޕަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމު ކޮށްފިއެވެ.

މި އެބުރޭ އުދޯލި ހުޅުވުމާއިއެކު، ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް އެބުރޭ އުދޯލީގެ ގޮތުގައި، މި އެބުރޭ އުދޯލި އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

See this Instagram video by @faz3 https://www.instagram.com/reel/CVSYJBmJaN7/?utm_source=ig_web_button_share_sheet

"ފަޒް3″ ނުވަތަ "ފައްޒާ"ގެ ނަމުން މުޚާތަބް ކުރެވޭ، ވަލީއަހުދު، ޝެއިޚް ހަމްދާންއަކީ، އާންމުކޮށް އޭނާގެ އިންސްޓަގްރާމްގައި އޭނާގެ ދަތުރުތަކާއި، އަދި ޝައުގުވެރިވާ ކަންކަމުގެ ވީޑިއޯތައް ޝާއިއުކުރާ ފަރާތެކެވެ.

އެންމެ ފަހުން ޝޭޚް ހަމްދާން އާންމުކޯށްފައިވާ އިންސްޓަގްރާމް ޕޯސްޓުގައި، އޭނާ ކޮފީ ހިތްޕަވަން އިންނަވަނީ އެބުރޭ އުދޯލީގެ އެންމެ އުހުގައި ހުރި އުދޯލީގެ ފުރާޅުމައްޗަށް އަރާ، އަދި ސަލާމަތީގޮތުން ވާގަޑަކުން އައްސާައިގެންނެވެ.

އަދި ޝެއިޚް އެންމެއުހުގައި އިންނަވަނިކޮށް ޑްރޯންއަކުން ކޮށްފައިވާ ވީޑިއޯއިން މުޅި އެބުރޭ އުދޯލި ފެންނަން ހުންނައިރު، ވީޑީއޯއިން ދައުރު ކުރަމުންދިޔަ މަންޒަރުތަކުން، ކައިރީގަ އޮތް ކަނޑުވެސް ފެނިގެން ދެއެވެ.

އަދި މި ވީޑިއޯއިން ދުބާއި މެރީނާގައި ހުންނަ ޖުމެއިރާ ބީޗް ރެސިޑެންސްވެސް ފެނިގެން ދާއިރު، ހިއްކާ ޑިޒައިން ކޮށްފައި އޮންނަ ރަށް ޑުބާއި ޕާމް ވެސް ފެނިގެން ދެއެވެ.

ދުބާއީއަކީ، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މިފަދަ އެތައް ބިނާއެއް ހުންނަ ސިޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަނާ
ކޮބާ ވީޑުއޯ