އަމީނީ މަގު ރެހެންދި ފްލެޓް ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ދުން އަރަމުންދާތީ އެސަރަހައްދަށް އާންމުން ނުދިއުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު މެންދުރެއްހާއިރު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރާކަމަށެވެ.
ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރި ވުމަށް އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއުއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާރު އަލިފާން ގަނޑު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.
ކޮމެންޓު ފޮނުވާ