55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ޔެލޯއެލާޓް ދަމަހައްޓައިފި

55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ޔެލޯއެލާޓް ދަމަހައްޓައިފި

ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ރޭ ނެރުނު ޔެލޯ އެލާޓް މިރޭ 8:30 ގެ ނިޔަލަށް ދަންމާލައިފިއެވެ.

މެޓް އޮފީހުން ބުނީ މޫސުމީ އިންޒާރުގެ ވަގުތު އިތުރުކުރީ އަދިވެސް މޫސުން ގޯސްވުމުން ކަމަށެވެ. ޔެލޯ އެލާޓް ދަންމާލާފައިވަނީ ހަވީރު 8:30 ގެ ނިޔަލަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އާދަޔާ ޚިލާފަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުންނެވެ. ވައިގަދަވުމުގެ ސަބަބުން، އާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ ކަނޑުތައްވެސް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައެވެ. ކުރިއަށްއޮތް 24ގަޑިއިރުގެ މޫސުމަށް ބަލާއިރު، ވައިގަދަވުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވަނީ ލަފާކޮށްފައެވެ. ބޮޑަށް ވިއްސާރަވާނެކަމަށް ލަފާކުރެވެނީ މާލެއިން އުތުރުގެ އަތޮޅުތަކަށެވެ.

ވައިގަދަވުމުގެ ސަބަބުން އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑުތައް ގަދަވާނެތީ ކަނޑުމައްޗަށް ނިކުންނައިރު މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ސަލާމަތީ ވަސީލަތްތައް އުޅަނދުތަކުގައި ހަމަކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވެ ނުރައްކަލެއްވެދާނެހެން ހުރި ތަކެއްޗާ މުދާ ގެއްލުން ނުވާނެހެން ރައްކާތެރިކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *