ފަހަކަށް އައިސް ރާއްޖޭގައި އަނިޔާވެރި ގޮތަކަށް މީހުން މަރަމުންދާ މައްސަލަ އަށް އޮތް ހައްލަކީ، ގާތިލު އަމިއްލައަށް މެރިކަމަށް އިއުތިރާފްވާތާ ތިން ހަފްތާ ތެރޭގައި މެރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުއްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ ވަރަށް އަނިޔާވެރި ގޮތަކަށް މިދިޔަ ބުދަ ދުވަހު މަރާލާފައި ގޯއްޏަކަށްލައި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު އދ.ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މުސްތަފާ ވިދާޅުވީ އެއްވެއް ކުށެއްނެތި މީހަކު މަރާ މީހުންނަށް މަރުގެ އަދަބު އަވަސް ކުރަންޖެހޭކަމަށެވެ. މަރަށް މަރު ހިފައިގެން ނޫނީ ރާއްޖޭގައި މިހާރު އާންމު ވަމުންދާ މަރުގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ.
ކުށެއްނެތި މަރަމުން މިދާ މީހުންނަށް އިންސާފު ލިބެން ޖެހޭނެ. މަރަށްމަރު ހިފައިގެން ނޫނީ އިންސާފެއް ނުލިބޭނެ. މީހަކު މެރިކަމަށް ގާތިލުގެ އަމިއްލަ ބަހުން އިއުތިރާފްވާތާ 3 ހަފްތާ ތެރޭގައި މަރަށް މަރު ހިފައި ނިންމަންޖެހޭނެ.
– މުސްތަފާ ވިދާޅުވިއެވެ.
Kusheh nethi maramun midhaa meehun nah insaafu liben jeheyne Marah maru hifaagen noonee insaafeh nulibeyne,
Meehaku meri kamah Gaathilu ge amihla bahun iyuthiraafu vaathaa 3 Hafuthaa thereyga marah maru hifaa ninman jeheyne.! pic.twitter.com/auEYkrCAvU— Mohamed Musthafa (@Thimarafushi) October 16, 2021
މަޙުމޫދު މަރާލިކަމަށް، ރަށުގެ ރައްޔިތުން ޝައްކުކުރާ 3 މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 2 ފިރިހެނުންނާ އަންހެނެކެވެ. މި 3 މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެދަށުގައެވެ.
މިހާތަނަށް ފުލުހުން އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައި ނުވިނަމަވެސް، ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދު މަރާލިކަމަށް ބެލެވެނީ ފައިސާގެ ބޭނުމުގަކަމަށެވެ. އެގޮތުން އޭނާއަކީ ރަށުގައި ގޭހާއި ކާޑުގެ ވިޔަފާރިކުރުމާއި، ޑައިވިންގ 2 ދޯންޏާއި އަދި ކެފޭއެއްވެސް ހިންގާ މީހެކެވެ. ރަށުގެ ރައްޔިތުން ބުނަނީ މަޙުމޫދަކީ ރަށުގެ ރައްޔިތުންނާ ގުޅޭ، ހިތްހެޔޮ އެކުވެރިއެއްކަމަށެވެ. އަދި އެއްވެސް މީހަކާ މައްސަލަޖެހި، ފައިސާގެ މައްސަލައެއްގައިވެސް އުޅޭ މީހުން ނޫންކަމަށް އެ ރަށު ރައްޔިތުން ބުނެއެވެ.
މަޙުމޫދު އެންމެ ފަހުން ފެނުނުކަމަށް ބުނަނީ ބުދަ ދުވަހުގެ ރޭ، ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި އިންޑިއާ ކުޅުނު މެޗު ބެލުމަށްފަހު އޭނާ ހިންގާ ކެފޭއިން ނިކުމެގެން ދަނިކޮށެވެ. އޭނާގެ ހިލަމެއް ނުވެގެން ހޯދަންފެށީ ބުރާސްފަތިދުވަހުގެ ހެނދުނު، އޭނާ ގެއަށް ސައިބޯން ނައުމުންނެވެ.
ކޮމެންޓު ފޮނުވާ