ސަޢުދީ އަރަބިއްޔާގެ ޖަޒާން ސީޓީގައި ހުންނަ ކިންގް ޢަބްދުﷲ އެއަރޕޯޓަށް ދިން ބޮމުގެ ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންތަކެއް ގޮވާ ޒާތުގެ ޑްރޯން ބޭނުންކޮށްގެން މިމަހުގެ 8 ވަނަ ދުވަހު ކިންގް ޢަބްދުﷲ އެއަރޕޯޓަށް ދިން ބޮމުގެ ޙަމަލާގައި 10 މީހަކު ޒަޙަމްވެފައިވާކަމަށް ސަޢުދީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ޙަމަލާ ކުށްވެރިކުރައްވާ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އެއަރޕޯޓްތައް ފަދަ އާއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ގަސްތުގައިދޭ މިފަދަ ޙަމަލާތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތަކާވެސް ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
"Gov't of Maldives strongly condemns the hostile attack on King Abdullah Airport in Jazan, Saudi Arabia with the use of bomb-laden drone on 8 October"
? Statement by the Government of #Maldives on the hostile attack on King Abdullah Airport | https://t.co/lq66OWmdvF pic.twitter.com/MoXTJ5Cx3C
— Ministry of Foreign Affairs ?? (@MoFAmv) October 10, 2021
މިކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޓެރެރިޒަމަށް ހިތްވަރުދޭ މިބާވަތުގެ ފިނޑި ޢަމަލުތަކަށް ރާއްޖޭން ހިތްވަރު ނުދޭކަމަށްވެސް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ