ލަންކާ އަތުން މޮޅުނެވެވި، އިންޑިއާ ޕްރެޝަރަށް ވެއްޓިއްޖެ

ލަންކާ އަތުން މޮޅުނެވެވި، އިންޑިއާ ޕްރެޝަރަށް ވެއްޓިއްޖެ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 06:09
0

އުރީދޫ ސާފް ޗެންޕިއަންޝީޕްގައި މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މުބާރާތުގެ އެންމެ ވަރުގަދަކަމަށް ބެލެވުނު އިންޑިއާއަށް، ސްރީލަންކާ އަތުން މޮޅުނުވެވި ޕްރެޝަރަށް ވެއްޓިއްޖެއެވެ.

މިއަދު މެޗާއި ކުިރމަތިލިއިރު، މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް މޮޅުވެފައި ނުވާ ލަންކާއަތުން އިންޑިއާ ފަސޭހަ ކަމާއިއެކު މޮޅުވާނެކަމަށް ގިނަ ބަޔަކު ދެކުނެވެ. ނަމަވެސް މެޗުގައި އިންޑިއާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު މެޗަށްވުރެއްވެސް އާދައިގެ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، ރަނގަޅު ކުޅުމެއްވެސް ކުޅެވިފައިނުވެއެވެ.

ދެވަނަ ހާފް އިންޑިއާއިން ފެށީ ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖައްސައި، ގޯލެއް ޖެހުމަށެވެ. އިންޑިއާގެ ފަރާތުން ގިނަ ހަމަލާތަކެއް ލަންކާގެ ގޯލަށް އަމާޒު ކުރިމަނަމަވެސް އެއްވެސް ބޯޅައެއް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވިއެވެ. މެޗުގައި އެންމެ ހުސް ފުރުސަތެއް ލިބިފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނިޓަށް ވެފައި ވަނިކޮށް، އިންޑިއާށް ލިބުު ކޯނަރެއްގައި ޑިފެންޑަރު ޝުބަޝިޝް އަށެވެ. ނަމަވެސް އޭނާގެ ފައިފައި ބޯޅަ ރަނގަޅަށް ލައްވާނުލުމުން ގޯލުގެ މާމަތިން ބޯޅަ ދިޔައި ބޭރަށެވެ.

މެޗުގައި ލަންކާއިން ކެޅެފައިވަނީ ވަރަށް ލަސްކުޅުމެވެ. މިކަމާއި ހިތްހަމަ ނުޖެހި އިންޑިއާ ކޯޗު ހިތްހަމަ ނުޖެހުމުން އޭނާއަށް ރެފްރީ ވަނީ ރީދޫ ކާޑުވެސް ދައްކާފައެވެ. މެޗުގައި އިންޑިއާގެ ތަޖުރިބާކާރު ފޯވާޑު ސުނިލް ޗެތުރީއަށްވެސް މާއެދެވޭ ކޫޅުމެއް ދެއްކިފައިނުވެއެވެ. މިއަދުގެ މެޗުން އެއްވަރުވުމުން އިންޑިއާއަށްވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އިންޑިއާއަށް ވަނީ ވަރަށް ކުޑަވެފައެވެ.

އިންޑިއާށް ކުރިއަށް ދެ މެޗަކީ ނޭޕާލްއާއި، ރާއްޖެއާއި ދެކޮޅަށް ކުޅޭމެޗެ. މިއަދު އިންޑިއާއާއި ވާދަކުރި ލަންކާ އަދި މިމުބާރުގެ އެއްވެސް މެޗަކުން މޮޅުވެފައިނުވެއެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއިއެކީ ލަންކާވަނީ ޓޭބަލްގެ 4 ވަނައަށް ޖެހިލާފައެވެ. މިމުބާރުގެ އެއްވަނައިގައި މިހާރު އޮތީ ކުޅުނު 2 މެޗް ކާމިޔާބުކޮށްގެން ނޭޕާލްއެވެ. ދެވަނައިގައި، ބަންގަލްދޭޝް އޮތްއިރު، އިންޑިއާއޮތީ ތިން ވަނައިގައެވެ.

މިމުބާރާތުގައި މިރޭ ރާޢްޖެ ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. މިއީ ރާއްޖެއަށްވެސް މިމުބާރާތުގެ ފައިނަލަށް ދިއުމަށް މޮޅުވާން މަޖުބޫރުމެޗެކެވެ. މިމެޗު ފަށާނީ މިރޭ 9 ޖަހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.