އިންފޮމޭޝަން ކޮމިޝަނަރަކަށް އަޒީޒު ޖަމާލު: މަޖިލީހުން ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރަކަށް އަޒީޒު ޖަމާލު: މަޖިލީހުން ރުހުން ދީފި

Author
އަހުމަދު
26 އޮގަސްޓް 2026 07:29
0

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށް 47 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އަޒީޒާ އިންޓަވިއު ކުރުމަށްފަހު، 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިވަޑައިގަތުމުން، ރުހުން ދިނުމަށް ފާސްކޮށް ތަޅުމަށް ފޮނުވީ އެވެ.

އަޒީޒުގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ، މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވާ އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފުރަތަމަ ކޮމިޝަނަރަކީވެސް އަޒީޒު ޖަމާލު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.