ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި، މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
ދެވަނަ ދައުރު ނިންމަން އާންމުކޮށް ކަނޑައެޅިފައި އޮންނަނީ އޮގަސްޓް މަހުގެ 15ވަނަ ދުވަހަށެވެ. ނަމަވެސް، ތަޅުމާއި ދާއިމީ ކޮމިޓީތަކުގައި ނުނިމި ހުރި މުހިންމު މަސައްކަތްތަކެއްގެ ސަބަބުން، މެންބަރުންގެ ވޯޓަކުން ދެ ފަހަރެއްގެ މަތިން ދައުރުގެ މުއްދަތު އިތުރުކޮށް، އެންމެ ފަހުން ދިގުދަންމާލީ މި މަހުގެ 27ވަނަ ދުވަހާ ހަމައަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަކަށް ވަޑައިގަތުމުގެ ބަދަލުގައި މެންބަރުން ވަނީ ވިދިވިދިގެން ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައެވެ. އޭރު ސަބަބެއް ކަމަށް ދެއްކީ ވެސް ނުނިމި ހުރި މުހިންމު ބިލުތަކާއި މަސައްކަތްތަކެވެ.
މަޖިލީހުގެ ޤަވާއިދު އޮންނަ ގޮތުން، ތިންވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެ ދައުރު ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ