ދައުލަލަތުގެ މީޑިއާ ޕީއެސްއެމް ހިންގުމާއި ހަވާލުވެ ތިއްބެވި މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަމީމަށް އެއް އަހަރު ވަންދެން 7،500 ރުފިޔާގެ އެލަވަންސެއް ދިން ކަމުގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މުސާރައިގެ ބޮޑެތި މައްސަލަތަކެއްގައި ޕީއެސްއެމްގެ މުވައްޒިފުންގެ ކަންބޮޑުވުން އޮތް މިދަނޑިވަޅުގައި އެންމެ އިސްކޮށް ހިންގުމާއި ހަވާލުވެ ތިއްބެވި ވެރިންނަށް އިތުރު އެލަވަންސެއް އަހަރެއް ވަންދެން ލިބުނުކަން ހާމަވެފައިވަނީ ޕީސީބީން މިދިޔަ އޮގަސްޓް މަހު ހެދި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ "ގަވަނަންސް ރިވިއުގައެވެ.
މިއެލަވަންސް މިދެބޭފުޅުންނަށް ގަވާއިދާއި އުސޫލުތަކާއި ޚިލާފަށް ޖަމާކޮށްދީފައިވާތީ މި ފައިސާ އަނބުރައި ޖަމާކުރުމަށް މިހާރު ޕީއެސްއެމްގައި އެދިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ބޯޑް އެލަވަންސްގެ ގޮތުގައި ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީ އަށް މަހަކު 7،500ރ. ކަނޑައަޅާފައި އޮވެ އެވެ. ކޮވިޑާ ގުޅިގެން މި އެލަވަންސް ކަނޑައިލަން އަންގާފައި އޮތް ނަމަވެސް އެކަން އެގޮތަށް ޕީއެސްއެމުން ނުކޮށް، އެ އެލަވަންސް 15 މަސް ވަންދެން ޖަމާކުރުމުން 225،000ރ. މުސާރައިގެ އިތުރަށް އަލީ ހާލިދާއި ޝަމީމަށް ޖަމާކޮށްފައިވެއެވެ.
ޕީއެމްއެމްގެ ވެރިންނަށް ބޮޑު އެލަވަންސެއް އަހަރެއް ވަންދެން ދީފައިވާކަން ހާމަވެފައިވާއިރު، އެކުންފުނީގެ ވެރިންވަނީ މުވައްޒިފުންގެ މުސާރައާއި އިނާޔަތްތައް ހަމަހަމަ ކުރުމަށް ކަމަށްބުނެ ގިނަ އެލަވަންސްތަކެއް ކަނަޑާލާފައެވެ.
ކޮމެންޓު ފޮނުވާ