ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

ގުޅުންހުރި

އެސްޕަންޔޯލް އަތުން ބަލިވެ މިފަހަރުގެ ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

އެސްޕަންޔޯލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެސްޕަންޔޯލްއެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ރައުލް ޑެ ޓޯމާސްއެވެ. އޭނާ މި ލަނޑު ޖެހީ އެޑްރިއާން އެމްބާބާ ނަގައިދިން ހުރަހަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެސްޕަންޔޯލް އިން ލީޑު ފުޅާކުރީ 60 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އަލެކްސް ވިޑާލްއެވެ. ރެއާލުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކަރީމް ބެންޒެމާއެވެ. މި ލަނޑު ޖެހުމުގެ ކުރިންވެސް ބެންޒެމާ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު 17 ޕޮއިންޓާއެކު ރެއާލް އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް 8 މެޗުން 17 ޕޮއިންޓް ލިބޭއިރު، ރެއާލްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތާވަލްގެ 3 ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށްވެސް 8 މެޗުން 17 ޕޮއިންޓް ވަނީ ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ