ލަންކާ ބަލިކޮށް މުބާރާތުގެ ފުރަތަމަ މެޗު ބަންގާޅުން ކާމިޔާބު ކޮށްފި

ލަންކާ ބަލިކޮށް މުބާރާތުގެ ފުރަތަމަ މެޗު ބަންގާޅުން ކާމިޔާބު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 އޮކްޓޯބަރ 2021 06:12
0

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަޔަމަ މެޗު ކާމިޔާބުކޮށް ބަންގްލަދޭޝްއިން ފެށުން ރަނގަޅު ކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި، މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީލަންކާއާއި ވާދަކޮށް، ބަންގްލަދޭޝް މެޗް ކާމިޔާބް ކޮށްފައިވަނީ 0 – 1 ގެ ނަތީޖާއަކުންނެވެ. މުޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފުގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިތުރު ވަގުތުގެ 45 ވަނަ މިނިޓްގައި ބަންގްލަދޭޝް ޓީމަށެވެ. ނަމަވެސް މި ހަމަލާ ލަންކާގެ ތަޖުރިބާކާރު ކީއްޕަރު ސޫޖަން ވަނީ ހުށިޔާރު ކަމާއިއެކު ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ދެޓީމުންވެސް ފެށީ ބަދަލަކުންނެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައިވެއެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލު ބަންގްލަދޭޝް އިން ކާމިޔާބް ކުރީ 54 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނެލްޓީއަކުން ޑިފެންޑަރު ޓޯޕޫ އެވެ. މި ޕެނަލްޓީއަކީ ލަންކާގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ.

ބަންގްލަދޭޝްގެ ގޯލާއެކު ލަންކާއިން ވަރަށް ބޮޑަށް ކުރިއަށްޖެހި، ގިނަ ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަންކާއަށް އިތުރު ހުރަހެއް މެޗުގައި ދިމާވީ 60 ވަނަ މިނިޓްގައި ޑިފެންޑަރ ދަކްޝަންއަށް ދެވަނަ ރީދޫ ކާޑާއިއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މެޗުގައި ބަންގްލަދޭޝްއަށް ނަތީޖާގެ ފަރަގު ބޮޑުކޮށްލަންވެސް ހަނި ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެެ. މިމެޗުގައި ވަނީ ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރަސްމީކޮށް ހުޅުވުމާއި، ދިވެހި ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެވެ. މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ރާއްޖެ ވާދަކުރަންޖެހެނީ ނޭޕާލްއާއިއެވެ. މިމެޗުން މޮޅުވެ މުބާރާތުގެ ތަށި ދިފާއުކުރުމަކީ ދިވެހި ޓީމުގެ އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.