އެކްސިޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

އެކްސިޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

Author
އަހުމަދު
24 އޮގަސްޓް 2026 04:10
0

މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1″ ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ސީނުން ފިލި ދޯނި ފުލުހުން ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓަށްފަހު، ދޯނި މަޑުކުރުމެއް ނެތި ސަރަހައްދު ދޫކޮށް ދިޔައިރު، ފުލުހުންވަނީ އުޅަނދު ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން މިއަދު ބުނީ، ފިލި ދޯނި ފެނިފައިވަނީ 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައި ކަމަށެވެ. އުޅަނދު ފެނުމާއެކު ފުލުހުން ވަނީ ދޯނި ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެކްސިޑެންޓް ހިނގި ވަގުތު ދޯނި ދުއްވަން ހުރި ކެޕްޓަނާ ސުވާލުކޮށްފައެވެ. އަދި ތަހުގީގުގެ މަރުހަލާގައި އޭނާގެ ލައިސަންސް ވަނީ ހިފަހައްޓާފައިކަމަށާއި، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.