އިޓަލީގެެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި

އިޓަލީގެެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފި

Author
މުޙައްމަދު ޖިމީ
29 ސެޕްޓެމްބަރ 2021 04:42
0

އިޓަލީވިލާތުގެ "ރެޑް ލިސްޓުން" ރާއްޖެ އުނިކޮށް ރާއްޖެއިން އަނބުރާ ގައުމަށްދާ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ކަނޑައަޅައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އިޓަލީވިލާތުގެ ގްރީން ލިސްޓަށް ރާއްޖެ ލާފައިވާއިރު، ރާއްޖޭގެ އިތުރުން އެ ލިސްޓުގައި އެހެން 7 ގައުމެއްވެސް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭސް، އިޖިޕްޓް، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީއެވެ. އިޓަލީވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ސެޕްސް ކޮށްފައިވާ ޓްވިޓެއްގައި ވަނީ ރާއްޖެ ހިމަނައިގެން 8 ގައުމަކުން އިޓަލީގެ ރެޑް ލިސްޓުން އުނިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވެފައިވަނީ މީގެ ސަބަބުން އިޓަލީގެ ގިނަ މީހުންނަށް ކޯވިޑަށް ޓެސްޓްކުރުމަކާއި ނުލައި ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

އިޓަލީވިލާތުގެ ރެޑް ލިސްޓުގައި މިވަގުތުވެސް 54 ގައުމެއް އެބައޮތެވެ. އެހެންކަމުން ރެޑް ލިސްޓުން ރާއްޖެ އުނިވުމަކީ އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދާނެކަމެކެވެ.

2019 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 136343 ފަތުރުވެރިން ރާއްޖެ އައެވެ. 2020 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 45169 ފަތުރުވެރިން އައިއިރު މިއަހަރުގެ މިހާތަނަށް 7205 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އިޓަލީވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފައިވާއިރު، ދާދި ފަހުން ވަނީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުންވެސް ރާއްޖެ އުނިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.