އެންމެ އަވަށްޓެރި އިންޑިއާގެ ވިސާ ހޯދަން ދިވެހިން ސަލާންޖަހަނީ

އެންމެ އަވަށްޓެރި އިންޑިއާގެ ވިސާ ހޯދަން ދިވެހިން ސަލާންޖަހަނީ

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 03:46
0

ރާއްޖެއާއި އެންމެ އަވަށްޓެރި، އަދި މިސަރުކާރު ވެރިކަމަށް އައިފަހުން އެންމެ ގާތް ގުޅުމެއް އޮތް އިންޑިޔާއަށް އެކި ބޭނުންތަކުގައި ދާން ބޭނުންވާ އެތައް ބަޔަކަށް ވިސާނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއާއި، ރާއްޖެ އާއި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިގުޅުމުގެ ތެރެއިން ރާއްޖޭގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ އެންމެ ބޮޑު ބައިވެރިއަކީވެސް އިންޑިއާއެވެ. އަދި މިސަރުކާރަށް މިހާތަނަށް ބޭރުގެ ޤައުމަކުން އެންމެ ގިނަ އަދަދަކަށް ލޯނު ނަގާފައިވަނީވެސް އިންޑިއާއިންނެވެ.

އިންޑިއާއާއި ދިވެހި ރާއްޖެއާއި އޮތް ގާތް ގުޅުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ފަސޭހަކަމާއިއެކު ހަމަޖެހިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ޚާއްސަކޮށް އިންޑިއާއަކީ ދިވެހިން ބޭސްފަރުވާއަށާއި، ތައުލީމް ހޯދުމަށްވެސް އެންމެ ގިނައިން ދަތުރުކުރާ އެއް ޤައުމެވެ. އެންމެ ޒަރޫރީ ކަންކަމަށް އިންޑިއާގެ ވިސާ ހޯދަން ސަލާންޖަހަން ހެނުމަކީ މިއަދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އެއްކަމެވެ.

ވިސާ ހޯދުމަށްްޓަކައި ހައި ކޮމިޝަނުގެ ބޭރުގައި ކޮންމެ ދުވަހަކުހެން މީހުން ކިއު ހަދާފައި ތިބޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު، އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ފާޑުކިޔާ ފަރާތްތަކުން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ވެސް އެ ގައުުމުން ދިވެހިންނަށް ވިސާ ލިބުމުގައި އޮތް ދަތިކަމުގެ ވާހަކައެވެ.

ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރި މީހަކު ބުނީ އޭނާގެ ދަރިފުޅު ކިޔަވަމުންދާ ކޮލެޖުގެ ޓެސްޓެއް މިމަހުގެ 27 ވަނަ ދުވަހު ހެދުމަށް އިންޑިއާއަށް ދިއުމަށް ވިސާއަށް އެދިގެން އުޅޭތާ 17 ދުވަސް ވެފައިވާކަމަށެވެ. މިހާތަނަށްވެސް ވިސާއަށް އެޕޮއިންޓްމަންޓްވެސް ލިބިފައި ނުވާކަމަށެވެ. ތަކުރާރުކޮށް މިކަމުގައި މަސައްކަތް ކުރުމުންވެސް ލިބުނު އެއްވެސް ޖަވާބެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ. އިންޑިއާގެވިސާ ހޯދަން އުޅުނު އެހެން މީހަކު ބުނެފައިވަނީ ވިސާ ހޯދުމަށް ހަފްތާއެއްގެ މަތީން އެމްބަސީ ކައިރީގެ ކައުއަށް އެރިކަމަށެވެ. ނަމަވެސް އެއްވެސް ދުވަހަކު ވިސާ ލިބޭނެ ގޮތެއް ނުވާކަމަށެވެ.

އަޅުގަނޑުމެންނަކަށް ވިސާ ހަމަ ނުޖެހުނު. އެޕޮއިންޓްމަންޓްވެސް ނުލިބުނު. ގުޅާލީމަ ބުނަނަނީ މާދަމާ ގުޅާނަމޭ. އެންމެފަހުން ދަރީގެ ޓެސްޓުވެސް ހެދޭ ގޮތެއް ނުވި.

އިންޑިއާގެ ވިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ސަފީރު ވިދާޅުވެފައިވަނީ ވިސާ ހޯދުމުގައި ދިވެހިން ބުނާހާ ދައްޗެއް ނުވާނެކަމަށެވެ. އޭނާ ބުނެފައިވަނީ އޮންލައިންކޮށް ވިސާ އަށް އެޕްލައި ކުރުމަށް ފަހު، ހައި ކޮމިޝަނަށް ދާން ޖެހޭ ގަޑި ވެސް މީހުންނަށް ވަކިވަކިން ދެމުންދާކަމަށެވެ.

އިންޑިއާކީ ރާއްޖޭގެ އެންމެ އަވަށްޓެރި ޤައުމަށް ވެފައިވާ މިސަރުކާރުގެ އެންމެ ޤާތް ބޭރުދުނިޔޭގެ ޤައުމަށްވާއިރު، މިހާ އުދަގޫ ހާލެއްގައި ވިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ދިވެހިން ގަބޫލު ކުރާކަމެއްނޫނެވެ. އިންޑިއާއަށް ގިނަ މީހުން ދަނީ ހަނީމޫން ހަދައި، އުފާކޮށްލަން ނޫންކަމަށްވާއިރު، އެންމެ އަސާސީ ބޭސްފަރުވާގެ ހައްގު ހޯދުމަށްވެސް މިހާބޮޑު ތަކުލީފެއް އުފުލަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
ކޮބާ ރާއްޖޭގެ ޚަރިޖީ ވަޒީރު. އޭނާއަށް ރައްޔިތުން މުސާރައާއި އިނާޔަތާއި ބާރާއި އިއްޒަތް ދެނީ ބިދޭސި ގައުމުތަކުން ދިވެހި ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދާދިނުމާއި ބޭނުންވާ ޚިދުމަތްތައް ޚަރަދު ކުޑަކޮށް ފަސޭހަ ކަމާއި އެކު ލިބޭނެގޮތް ހަމަޖެއްސުމަށް. އަދި އެގައުމުތަކުން ރާއްޖެއަށް ބޭނުންވާ އެހެނިހެން އެހީތަށް ހޯދުމަށް.
ޙ ޙަސަނު
ކަލޭމެން ހެޔޮދޯ އެހެން ގައުމުތަކުގެ މީހުން ނޮޅައިނގެންކާލިއަސް. ބޭސްފަރުވާއަށްވެސް އިންޑިއާއަށް ދާންޖެހޭތަ. ކީއްވެ ޗަެިނާއަށްނުދާންވީ. އިންޑިއާޢައުޓު....
ގ ގާދިރު
ޔާމީނު ވަރުގެ ވެރިއެއް ތިޔަޒާތްކޮޅު ބޮޑު އިންޑިޔާ ސައިޒު ކުރާކަން ނާދޭ ސޯލިހު ތީހަމަސުމެން އިންޑިޔާ ރާއްޖެ ގެންގުޅެނީ އަޅުވެތި ކޮށްގެން
Alhugandumenah inda ah nudheveynama india meehunah raajje aadhevigen nuvaane eve
ޟ ޟަ
ޔެސް
މ މުހަންމަދު
އެގްރީޑް