އިންޑިއާގެ ބެންގަލޫރުގައި ހުރި ދުވަސްވީ އިމާރާތެއް ވެއްޓި ބިމާ ހަމަވެއްޖެ

އިންޑިއާގެ ބެންގަލޫރުގައި ހުރި ދުވަސްވީ އިމާރާތެއް ވެއްޓި ބިމާ ހަމަވެއްޖެ

Author
ހުސެއިން
27 ސެޕްޓެމްބަރ 2021 04:31
0

އިންޑިއާގެ ބެންގަލޫރުގައި ހުރި ދުވަސްވީ އިމާރާތެއް މިއަދު ވެއްޓި ބިމާ ހަމަވެއްޖެއެވެ.

މިއިމާރާތް ވެއްޓުނު މަންޒަރު ބައެއް ފަރާތްތަކުން ވީޑިއޯ ކޮށްފައިވާއިރު، އިމާރާތް ވެޓެން އުޅޭކަމުގެ އިހުސާސްކުރެވިގެން، އިމާރާތުގައި ދިރިއުޅެމުންދިތަ މީހުންވަނީ އެމަރޖެންސީ ސާވިސްއަށް ގުޅާ މައުލޫމާތު ދިނުމަށްފަހު، އިމާރާތް ދޫކޮށް ބޭރަށް ނިކުމެފައެވެ.

މިއިމާރާތަކީ 1962 އަހަރު ހަދާފައިވާ އިމާރާތެކެވެ.

އިމާރާތް ބިމާ ހަމަވަމުންދިޔައިރު ބައެއް ފަރާތްތަކުން ވީޑިއޯ ކޮށްފައިވާ މިއިމާރާތް ވެއްޓުނުއިރު، އިމާރާތުގައި ދިރިއުޅެމުންދިޔަ ގިނަ ފަރާތްތައްވަނީ މަސައްކަތު ގޮސްފައިކަމުން، އިމާރާތް ބިމާހަމަވިއިރު، އިމާރާތުގައި ދިރިއުޅެމުންދިޔަ ގިނަ ފަރާތްތައްވެސް އެސަރަހައްދުގައެއް ނެތެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ މިއިމާރާތާއި ޖެހިގެން އިތުރު ދެއިމާރާތެއް ހުއްޓެވެ.

އިމާރާތް ވެއްޓެމުންދިޔަ މަންޒަރު ކޮށްފައިވާ 20 ސިކުންތުގެ ވީޑިއޯއިން ފެންނަ ގޮތުގައި، މި އިމާރާތް ވެއްޓުމުގެ ކުރިން އިމާރާތުންވަނީ ސިމެންތިއާއި އިމާރާތުން ތަންތަންކޮޅު ވަކިވެގެން ފައިބަން ފަށާފައެވެ. އަދި އެއަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިމާރާތްވަނީ މިބާ ހަމަވެފައެވެ.

އަދި އެއަށްފަހު އިމާރާތްވަނީ މަގާ ވީފަރާތަށް ވެއްޓި، ވެއްޓުނުތަނުން ބޯ ދުންގަޑެއްވަނީ އަރައިގެން ގޮސްފައެވެ. އަދި މިއިމާރާތްވެއްޓިގެން އުފެދުނު ހިރަފހުުން ވަނީ ކައިރީގައިކުރި ގެތައްވެސް ފޮރުވިގެން ގޮސްފައެވެ. އެހެންނަމަވެސް މިއިމާރާތް ވެއްޓުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނެތްކަމަށް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.