ބާސެލޯނާ އަށް ވަގުތީ ރައީސެއް

ބާސެލޯނާ އަށް ވަގުތީ ރައީސެއް

Author
އިބްރާހީމް ސާޢިދު
31 އޮކްޓޯބަރ 2020 08:48
0

ސްޕެއިންގެ ބާސެލޯނާގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް، ވަގުތީގޮތުން ކާލޯސް ޓުސްކެޓްސް ހަމަޖައްސަފިއެވެ.

ކާލެސް މިވަގުތު ހުންނެވީ ކުލަބުގެ އިކޮނޮމިކް ސްޓްރެޓޭޖީ ކޮމިޓީގެ ރައީސް ކަމުގައިއެވެ. ކުލަބުގެ ގަވާއިދު ބުނާ ގޮތުގެ މަތިން ކުލަބުގެ ބޯޑް އެކީ އިސްތިއުފާ ދިނުމުން، ދެން ކުލަބުގެ ކަންކަން ހިންގުމަށް އުފައްދަން ޖެހޭނީ ކުލަބު މެނޭޖިން ކޮމިޝަނެކެވެ. ޓުސްކެޓްސް މިހާރު ހުންނެވީ މެނޭޖިން ކޮމިޝަންގެ ރައީސް ކަމުގައެވެ.

މެނޭޖިން ކޮމިޓީގެ މަސްއޫލއިްޔަތަކީ ކުލަބު ދުވަހުން ދުވަހަށް ހިނގަހިނގާ އޮތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކުލަބުގެ ބޯޑު ތަމްސީލު ކުރަން ޖެހޭ ހަފުލާތަކާއި ފޯރަމްތަކުގައި ކުލަބު ތަމްސީލު ކުރުމެވެ.

ބާސާގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޖޯސެފް މާރިއާ ބާޓޮމެއު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.  ބާޓޮމެއު، ބާސާލޯނާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2014 ގަ އެވެ.

މެނޭޖިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފަވާއިރު ކުލަބުގެ އިންތިހާބުގެ ކަންކަން ތިން މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް މަތިކުރެވިފަވަނީ ކުލަބުގެ މެނޭޖިން ކޮމެޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.