ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ ބާރުތައް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި، މިނިސްޓްރީ ހިންގާނެ ގޮތް މަޖިލީހުން ކަނޑައެޅުމުގެ ބިލެއް މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ކުރީގެ ޔޫތް މިނިސްޓަރ ޙަސަން ލަތީފްއެވެ.
ހަސަން ލަތީފްގެ މި އިސްލަހާއިއެކު ގިނަބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގައި ހަރަކާތްތެރިވާ މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މިބިލުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުވެސް ހިމަނާފައިއެވެ. ނަމަވެސް ޤާނޫނު އަސާސީގެ 5 ވަނަ ބާބުގައި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި، ވަޒީރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ކަނޑައަޅާފައެވެ. އަދި ވަޒީރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރަކީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިގެންވާ ބާރެއްކަމަށް ބުނެފައެވެ.
ނަމަވެސް ހަސަން ލަތީފް ހުށަހަޅާފައިވާ މިވާބިލުން ޤާނޫނު އަސާސީން ކަނޑައަޅަފައިވާ މަސްއޫލިއްޔަތުތައް އެއްފަރާތްކޮށް އަލުން އާ މަސްއޫލިއްޔަތުތަކެއް ކަނޑައެޅިގެންދެއެވެ. މިބިލުގައިވާގޮތުން މިހާރު އޮތް ކުޅިވަރުގެ ޤައުމީ މަޖިލިސްވެސް އުވާލައި އާމަޖިލީހެއް ބާއްވަންޖެހެއެވެ. މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އިންތިޚާބީ މައި އިދާރާ އިލެކްޝަން ކޮމިޝަނާއިއެވެ.
އިސްލާހު ކުރުމށް ހުށަހަޅާފައިވާ ޤާނޫނުގައި ބުނާގޮތުން ކުޅިވަރުގެ ދާއިރާގައި ވަކި ކުޅިވަރެއްގެ މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލަ ހައްލުކުރުމުގެ ބާރު ދީފައިވަނީ އެ އެސޯސިއޭޝަނަކަށެވެ. އެސޯސިއޭޝަނުން ހައްލު ނުކުރެވޭ ހާލަތުގައި ކަމިޝަނަަރ އޮފް ސްޕޯޓްސް އަށް ހުށަހަޅައި، މައްސަލަ ބެލިދާނެކަމަށް ބުނެފައިވެއެވެ. އަދި މިގޮތަށް މައްސަލައެއް ބަލާއިރު ހުށަހަޅަފަރާތަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބެންވަނެކަމަށްވެސް ބުނެފައިވެއެވެ.
ހަސަންލަތީފް ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ މިވާ އިސްލާހުތަކާއި ގުޅޭގޮތުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިނިސްޓަރ މަހުލޫފްވެސް ވަނީ މި އިސްލާހުތަކާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަަށް ބޮޑެތި ގެއްލުންތަކެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިބިލުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެއެވެ.
Raees @ibusolih ge manifesto aai ehgothah kulhivaru siyaasee nukoh dhanee kuriah.
Association thakuge inthikhabthah hinganee democratic koh, ?? Qaanoonu / International Federation thakuge gavaidhuthakaa ehgothah.
H.Latheef ge baeh islaahun ?? gina kulhivaruthakun suspend kuraane. pic.twitter.com/0sG9iUhe7X— Ahmed Mahloof (@AhmedMahloof) October 29, 2020
މިމަސައްކަތަކީ ރާއްޖޭގެ ކުޅިވަރު ހަރުދަނާކޮށް ކުޅިވަރުގެ ދައިރާ ތަރައްޤީ ކުރުމަށް ހެޔޮނިޔަތުގައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެންނަން ކުރެވުނު މަސައްކަތެއްނަމަ ބިލު އެކުލަވާލިއިރު، ކުޅިވަރުގެ ވަޒީރާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ މަޝްވަރާއާއި ލަފާ ނުހޯދަންވީ ސަބަބެއް ނެތްކަމަށް ކުޅިވަރު ދާއިރާގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ޓީޓީ އެސޯސިއޭޝަން އިންތިޚާބުގައި ދިމާވި މައްސަލަތަކައި ގުޅިގެން މުޅިކުޅިވަރަށް އައިސްގެން އުޅޭ ރޯޅިއެއްކަމަށް ގިބަޔަކު ސިފަކުރެއެވެ.
ކޮމެންޓު ފޮނުވާ