މި ފަސް އަހަރަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުދިގެންދާ ފަސް އަހަރު: ސަޢުދު

މި ފަސް އަހަރަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުދިގެންދާ ފަސް އަހަރު: ސަޢުދު

Author
މުޙައްމަދު ޖިމީ
17 ސެޕްޓެމްބަރ 2021 11:54
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރަކީ ދިވެހި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުދިގެންދާ ފަސް އަހަރުކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ ވިދާޅުވީ، ތަރައްޤީ ފެށޭނީ އަސާސީ ބޭނުންތައް ހަމަޔަށް ލިބިގެންކަމަށެވެ. ރައީސް ޞާލިޙް ވެރިކަމުގެ ފެނިގެން ދަނީ ރާއްޖެތެރޭ ރައްޔިތުންނަށް އަޅަނުލާ އޮތް އޮތުން ނިމުމަކަށް ގެނައިތަންކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ހިނގަމުން މިދާ ވެރިކަމުގެ ފަސް އަހަރަކީ ދިވެހި ރައްޔިތުންގެ ޒަރޫރީ ގިނަކަންތައް ލިބިގެންދާ ފަސް އަހަރު. ތަރައްޤީ ފެއްޓީ ބޭސިކް ނީޑްސް ހަމަޔަށް ލިބިގެން. ރައީސް ޞާލިޙް ވެރިކަމުގެ ފެނިގެން މިދަނީ ރާއްޖެތެރޭ ރައްޔިތުންނަށް އަޅަނުލާ އޮތް އޮތުން ނިމުމަކަށް ގެނައިތަން.

– ސައުދުﷲ އަހުމަދު

ދައުދުﷲ މީގެ ކުރިންވެސް ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބެންޖެހޭކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން 2018ވަނަ އަހަރު ކުރިޔަށް ގެންދެވި ރިޔާސީ ކެޕްމޭނުގައިވެސް އިސް ދައުރެއް އަދާކުރެއްވި ސައުދުﷲ އަހުމަދަކީ މިސަރުކާރުގައި، ރީޖަނަލް އެއަރޕޯޓްސްގައި އިސް މަގާމެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއަކީ، ދިވެހި ވިޔަފާރިވެރިންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވިޔަފާރި ޖަމިއްޔާއެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަގުޑި
ކަލޭގެ ހުރިހާ ބޭނުމެއް ފުދިގެންދާނެ ވެރިކަމެއް މީ. އެއީ ކަލޭ ޖީބަށް އަޅަން ބޭނުންވާވަރަށް އެޅޭނެވިއްޔާ. ނިކަމެތި ރައްޔިތުމީހާއަށް އެކަމެއް ނުވާނެވިއްޔާ. ކަލޭގެ ހުރިހާ އެދުމެއްވެސް މިފަސް އަހަރު ފުދޭނެ. ހިތްވަރުކޮށްލާ.