އަފްއާތާނިސްތާނުގައި ހިންގުނު އޮޕަރޭޝަނަށް ފާޑިކުއުން އަމާޒުވެ ނެދަލޭންޑްގެ ފޮރިންގ މިނިސްޓަރ އިސްތިއުފާ ދެއްވައިފި

އަފްއާތާނިސްތާނުގައި ހިންގުނު އޮޕަރޭޝަނަށް ފާޑިކުއުން އަމާޒުވެ ނެދަލޭންޑްގެ ފޮރިންގ މިނިސްޓަރ އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
17 ސެޕްޓެމްބަރ 2021 06:46
0

އަފްއަނިސްތާނުގައި ތިބި ގައުމުން ބޭރުގެ ސިފައިން އެގައުމުން ފޭބުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ މުއްދަތުގެ ކުރިން، ގައުމުން ބޭރަށް ގެންދަންޖެހޭ މީހުން އެހެން ގައުމުތަކަށް ބަދަލުކުރުމުގައި ކުރިމަތިވި ކާރިސާއަށް ފާޑިކުއުން އަމަޒުވުމާއި ގުޅިގެން ނެދަރލޭންޑްގެ ޚާރިޖީ ވަޒީރު ސިގްރިޑް ކާގް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކާގް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އަފްއާނިސްތާނުގައި ކުރިޔަށް ގެންދެވުނު މީހުން ބަދަލުކުރުމުގެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވާ ގޮތާމެދު ރުހުން އޮތްތޯ ބެލުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ނެގުނު ވޯޓުގައި، މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ޒިންމާދާރުކަމާ އެކީ ނޫންކަމަށް ގާނޫނު ހަދާ މަޖިލިހުގެ އަޢުލަބިއްޔަތުން ނިންމުމާ ގުޅިގެންނެވެ.

"ގާނޫނުހަދާ މަޖިލިހުން ބަލައިގަތީ، ސަރުކާރު މަސައްކަތް ކޮށްފައިވަނީ ޒިންމާދާރުކަމާ އެކީ ނޫންކަމަށް. އެހެންނަމަވެސް، ސަރުކާރުން ވީ ވައުދުތަކާ އެއްގޮތަށް މަސައްކަތް ކޮށްފައިވި ނަމަވެސް، މިނިސްޓަރެއްގެ ހައިސިއްޔަތުން، ގާނޫނު ހަދާ މަޖިލިހުގެ މި ނިންމުމުގެ، އެންމެ ފަހުގެ ޒިންމާ އަހަރެން އުފުލަން،" ނެދަރލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް ދެއްވި ބަޔާނެއްގައި ކާގް ވިދާޅުވެފައި ވެއެވެ.

އެތައް ގައުމަކުން ވަރުގަދަ ކާރިސާއެއްގެ ތެރޭގައި، އޮގަސްޓް 31ގެ ކުރިން އަފްއާނިސްތާނުން މީހުން ބަދަލު ކުރުމަށް ހިންގު ބިޔަ އޮޕަރޭޝަންގައި ނެތަދލޭންޑްއިން އަމަލު ކޮށްފައިވަނީ ރަގަޅަށްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލިހުގެ ނެގުނު ވޯޓުގައި ސަރުކާރަށް 72 މެމްބަރުން ތާއީދު ކުރިއިރު، ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް އަމަލު ކޮށްފައިވާކަމަށް 78 މެމްބަރަކު ވޯޓު ދީފައި ވެއެވެ.

ނެދަރލޭންޑްގެ ފޮރިންގ މިނިސްޓަރ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މާރކް ރުއްޓޭ ވިދާޅުވެފައިވަނީ ކާގްގެ އިސްތިއުފާއަކީ އެގައުމުގެ ކެބިނެޓަށް ލިބިގެންދިިޔަ ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމުގައެވެ.

ނެދަރލޭންޑްގެ އަސްކަރިއްޔާއިން ކުރި މަސައްކަތުން، އަފްއާނިސްތާނުން އެގައުމަށް ބަދަލު ކުރެވިފައިވަނީ 2،100 މީހުންނެވެ.

ނެދަރލޭންޑްގެ މިނިސްޓަރ ފޯރ ފޮރިންގ ޓްރޭޑް އެންޑް ޑިވެލޮޕމެންޓް ކޯޕަރޭޝަންގެ އިތުރުން، އެގައުމުގެ ފޮރިންގ މިނިސްޓަރު ކަމށް ކާގް ވަޑައިގެންނެވީ މިއަހަރުގެ މޭމަހުއެވެ.

ނެދަރލޭންޑްގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފޮރިން މިނިސްޓަރރކަމުން ކާގް އިސްތިއުފާ ދެއްވިނަމަވެސް، ވާތުފިޔައިގެ މެދުމިނަށް ތާއީދުކުރާ އޭނާގެ ޕާޓީ D66ގެ ލީޑަރެއްގެ ގޮތުގައި އޭނާ ހުންނަވާނެއެވެ. މިޕާޓީން މިހަރުވެސް ގެންދަނީ ކޯލިޝަނެއް އެކުލަވާލުމަށްޓަކާ މިހާރުގެ ބޮޑުވަޒީރު ރުއްޓޭގެ ފްރީޑަމް އެންޑް ޑިމޮކްރަސީ ޕާޓީއާއި ވާހަކަ ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.