ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި، އިސްތިޤުލާލާއި ގުޅިފައިވާ ކަންކަމަކީ ބިލިޔަނުގެ ކޮރަޕްޝަނަށްވުރެވެސް މާ ސީރިއަސް މައްސަލަތަކެއް ކަމުގައި އަދާލަތު ޕާޓީގެ ކުރީގެ ނައިބް ރައީސް ޑރ.މައުރޫފް ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުކުރުމަށް އެމްއެންޑީއެފް އިން ނިންމި ނިންމުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތާއީދުކޮށް ނިންމި ނިންމުމާއި ގުޅިގެން ޑރ.މައުރޫފް ވިދާޅުވީ އިންޑިޔާސިފައިން މިޤައުމުގައި ތިބޭއިރު، އެމީހުން މިޤައުމުގައި ކުރާކަމެއް އަދި ތިބި އަދަދެއްވެސް އެގުމުގެ ހައްގު މިއަދު ދިވެހި ރައްޔިތުންނަށް ނެތްކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަކީ ޤައުމުގެ އެންމެބޮޑު އެއް އަމާނާތް ކަމުގައިވާއިރު މި އަމާނާތަކީ ޤައުމުގައި ހިނގާ ބިލިޔަނުގެ ކޮރަޕްޝަންގެ އަމަލުތަކާއިވެސް ނުބައްދަލު އެހާމެ ސީރިއަސް މައްސަލައެއް ކަމުގައި ޑރ.މައުރޫފް ވަނީ ވިދާޅުވެފައެވެ. އަދި މިކަން ދިވެހި ރައްޔިތުންނަށް ސާފު ކޮށް ދިނުމުގެ ހައްގު ދެވެހި ރައްޔިތުންނަށް ލިބެންޖެހޭނެކަމަށް ޑރ.މައުރޫފް ވަނީ ވިދާޅުވެފައެވެ.
އަހަރެމެން ދިވެހި ރައްޔިތުންނަށް މިކަން އެގުމުގެ ޙައްގެއްވެސް ނެތީ ހެއްޔެވެ؟ ގައުމުގެ ސިޔާދަތާއި ގުޅިފައިވާ ކަންތަކަކީ ބިލިޔަނުގެ ކޮރަޕްޝަނަށްވުރެވެސް މާ ސީރިޔަސް މަސްއަލަ އެއް ނޫން ހެއްޔެވެ؟
– ޑރމައުރޫފް ހުސެއިން
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެހެނިހެން މައުލޫމާތު ހާމަކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 2 ދެ ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށާއި އެނޫންވެސް އެފަދަ އެހެން ކަންކަމަށް އިންޑިއާ ސިފައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އަދަދާއި ގުޅޭގޮތުން ހުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައި އިންޑިޔާގެ 200 ދިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ