ޝާހިދު އާންމު މަޖިލިހުގެ ރިޔާސަތަށް، ރާއްޖެ ތާރީޚުގެ ތެރެއަށް

ޝާހިދު އާންމު މަޖިލިހުގެ ރިޔާސަތަށް، ރާއްޖެ ތާރީޚުގެ ތެރެއަށް

Author
ހުސެއިން
15 ސެޕްޓެމްބަރ 2021 06:39
0

ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އ.ދގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އަދި ދިވެހި ރާއްޖެ އދ.ގައި މި ދަރަޖާގައި ތަމްސީލު ވެގެންދާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރޭ ރާއްޖޭގަޑި މެންދަމު 3:00 ގައި އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން، ފޮރިންގ މިނިސްޓަރ ޝާހިދުވަނީ މަގާމްގެ ހުވާ ކުރެއްވުމަށްފަހު، ޝާޙިދުވަނީ، އާންމު މަޖިލީހުގެ ރިޔާސަތުގައި ތަގުރީރު ކުރައްވާފައެވެ.

މިގޮތުން ރިޔާސަތުގައި ވާހަކަދައްކަވަމުން ޝާހިދުވަނީ، އެމަނިކްފާނުގެ ރިޔާސަތުގައި، އިސްކަންދެއްވާނެ މުހިން ލަނޑުދަޑިތަކުގެ މައްޗަށް އަލި އަޅުއްލައްވާފައެވެ. އަދި ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، ރިޔާސަތުގައި މަސައްކަތް ކުރައްވާނީ، އދ. ޗާޓަރާއި އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ގައުމުތަކެއްގެ މެދުގައި ހަމަހަމަ ކަން ގާއިމް ކުރައްވަމުން ކަމުގައި ވިދާޅުވެ، ޝާހިދު ވިދާޅުވެފައިވަނީ، އެމަނިކްފާނު ހުރިހާ މަސައްކަތްތަކެއްވެސް ބިނާވެގެން ދާނީ ޔޫއެންގެ މަސްލަހަތުގައި ކަމަށާއި، އެ މަސައްކަތުގައި ވަކިފަރާތަކަށް ބުރަވުމެއް ނެތި، ވަކި ގައުމަކަށް އިސްކަން ދިނުމެއް ނެތި ދެމި ހުންނަވާނޭ ކަމުގައެވެ.

މަގާމާ ހަވާލު ވެވަޑައގަތުމަށްފަހު، މެމްބަރު ގައުމުތަކާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިންގެ މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ، އަބުދުﷲ ޝާހިދު ވަނީ، ރައީސްކަމުގެ ދައުރު ފުރިހަމަ ކުރައްވާ ވަޑައިގަންނަވާ، ރައީސް ވޮލްކަން ބޮޒްކިރް، އދ.ގެ ޢާންމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ދެއްކެވި ހިންގުންތެރި ކަމަށް އައްސަރިބަހާއި ސާބަސް އަރިސްކުރައްވާފައެވެ. އަދި ޝާހިދުވަނީ، އެމަނިކުފާނު ހިފެހެއްޓެވި ފުރިހަމަ ޢަޒުމާއި، ކެރުމާއި ހިތްވަރަށްޓަކައި އާންމު މަޖިލީހުގެ އެންމެ މެންބަރުންގެ ނަމުގައި ވޮލްކަން ބޮޒްކިރްއަށް ޝުކުރުދަންނަވާފައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އދ. ގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުން ކަމުގައި ވިޔަސް، ނުވަތަ ޤައުމުތަކުގެ ކުރިމަގު ބައްޓަންކުރުމަށް ކުރިއަށްދާ ބައިނަލްއަޤުވާމީ މަޝްވަރާއެއް ކަމުގައި ވިޔަސް، މިވަގުތަށް ނުވަތަ ކުރިމަގަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް އދ. އިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ހިންގޭ ހަރަކާތެއް ކަމުގައި ވިޔަސް، މި ހުރިހާ ކަމަކަށްވެސް، އާންމު މަޖިލިހުގެ ރައީސްގެ ހައްސިއްޔަތުން ހުންނެވީ، ޝައުގުވެރިކަމާއި އެކު، އެކުގައި މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައި ކަމުގައި ކަމަށެވެ.

ޝާހިދު ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގައި

ޝާހިދު ވިދާޅުވީ، އެމަނިކްފާނުގެ ރިޔާސަތަށް ޚާއްސަކޮށްފައިވާ ތަޞައްވުރަކީ އުންމީދު ކަމަށާއި، އަދި ތަސައްވުރެއްގެ ގޮތުގައި "އުއްމީދު" ކަނަޑައެޅުއްވީ ވަރަށްވެސް ބޮޑަށް ވިސްނަވާފަ ކަމުގައެވެ. މި ގޮތުން، ރިޔާސަތުގެ އަމާޒެއްގެ ގޮތުގައި އެ ޝިޢާރު އިޚްތިޔާރު ކުރެއްވީ، އެއީ އަޑު އަހާލަން ރީތި ބަހަކަށް ވުމުންނެއް ނޫން ކަމުގައި ވިދާޅުވަމުން، ޝާހިދު ވިދާޅުވީ، އެ ޝިއާރު އިޚްތިޔާރު ކުރެއްވީ އުންމީދަކީ މި ދަނޑިވަޅަށް އެންމެ މުނާސަބު އިޙްސާސް ކަމަށް ވާތީ ކަމުގައެވެ.

އަޅުގަނޑުގެ ރިޔާސަތަށް ޚާއްސަކޮށްފައިވާ ތަޞައްވުރަކީ އުންމީދު. އަޅުގަނޑު މިހެން މި ދަންނަވަނީ ނުވިސްނޭތީ، ނުވަތަ އެއީ އަޑު އަހާލަން ރީތި ބަހަކަށް ވުމުންނެއް ނޫން. އަޅުގަނޑު މިހެން މި ދަންނަވަނީ، އުންމީދަކީ މި ދަނޑިވަޅަށް އެންމެ މުނާސަބު އިޙްސާސް ކަމަށް ވާތީ.

– ޝާހިދު ވިދާޅުވިއެވެ.

މިގޮތުން، ކުރިޔަށް އޮތް އަހަރުގެ މައިގަޑު، މި އަމާޒަށް އަލި އަޅުއްވާލަވަމުން ޝާހިދު ވިދާޅުވީ، އުއްމީދަކީ ކުރާ ކޮންމެ ކަމެއް ދޫކޮށްނުލާ ހިތްވަރާއެކު ގޮންޖެހުންތަކާއި ކުރިމަތިލައިގެން މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ އިޙްސާސެއް ކަމަށާއި، އެންމެގެވެސް އުއްމީދު ގުޅިފައިވަނީ އިންސާނިއްޔާތާއި ކަމުގައެވެ. އޭގެ ސަބަބެއް ކަމުގައި ވިދާޅުވީ، ދުނިޔޭގެ 7 ބިލިއަން މީހުންގެ މެދުގައި އެއްވެސް ތަފާތެއް ނެތި ބަދަލުނުވެ އޮތް އެކައްޗަކީ އިންސާނިއްޔަތުކަން ކަމަށް ވާތީ ކަމުގައެވެ.

ޝާހިދު ވިދާޅުވީ، އެމެންގެ މެދުގައި އޮތްހާވެސް އެއްޗަކީ އުއްމީދު ކަމަށާއި، އެކަކު އަނެކެއްގެ ކިބައިން އުންމީދު ހޯދައި، ހިތްވަރާއެކު ކުރިއަށް ދިޔުން ނޫން ގޮތެއް ނެތް ކަމުގައެވެ. މިގޮތުން އެންމެންގެ ވާހަކަވެސް ބައްޓަން ކުރަންޖެހޭ ގޮތަކީ، ދުނިޔޭގައި ތިބި 7 ބިލިއަން މީހުންނަށް، އެމީހުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެންނަށް އެނގޭކަމާއި، އެމީހުންގެ ވާހަކަތަކުގެ އަޑު އަހާކަމާއި، އެ މީހުންގެ މައްސަލަތައް ޙައްލުކުރުމަށް ޔޫއެން އޮތީ އެކުގައި މަސައްކަތްކުރަން ތައްޔާރަށް ކަން އެމީހުންނަށް ދައުކުވައިދީގެން ކަމުގައި، ރިޔަތާއި ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަގްރީރުގައި ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު ވިދާޅުވީ، މިއަދު ދުނުޔެއަށް ކުރިމަތިވެފައިވާ ކާރިސާތަކަށް ޙައްލެއް ގެނައުމަށް އދ. އިން މަސައްކަތް ކުރާނީ، މީގެ 76 އަހަރުކުރިން ދެވަނަ ބޮޑު ހަނގުރާމައަށްފަހު މަސައްކަތްކުރި ޢަޒުމްގައި ކަމުގައެވެ.

އަދުގެ ކާރިސާއަށް ޙައްލެއް ގެނައުމަށް އދ. އިން މަސައްކަތް ކުރާނީ، މީގެ 76 އަހަރުކުރިން ދެވަނަ ބޮޑު ހަނގުރާމައަށްފަހު މަސައްކަތްކުރި ޢަޒުމްގައި ކަން.

– ޝާހިދު ވިދާޅުވިއެވެ.

މިއަދު ފެށިގެންދިޔަ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ގައުމު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.