ނުޙައްޤުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 6 މައްސަލައެއްގައި 6.8 މިިއަން ރުފިޔާ ދައުލަތުން ދީފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފިހުން މިހެން ބުނީ ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ހުދުކަރުދާހާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
ރައީސް ފީހުން ބުނީ، ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް އިތުރު ބޭއިންޞާފެއް ކުރިމަތި ނުވާނޭހެން، އެފަދަ މައްސަލަތައް ޝަރީއަތުގެ 3 މަރުޙަލާއިން ގޮތެއް ނިންމުމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު ޙައްލުކުރަން ފެށުމުން، ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ހުށަހަޅަން ފެށިކަމަށެވެ. މިފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރެވި އެކަމަށް ޙައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަޞްލަޙަތަށާއި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ ޢަދަދަކީ، 1 އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެކަމަށް ބުނެފައިވެއެވެ.
މި މިންވަރަށް ބަދަލުގެ މިންވަރު ކަނޑައަޅާފައިވާނީ ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލާ މިންގަނޑުތަކާއި އަދި 1 އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ބަލައިގެންކަމަށާއި، މި އުޞޫލަށް ދައުލަތުން ޢަމަލުކުރަމުން ފެށިފަހުން، ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އެންމެ ގިނަވެގެން ނަގައިދެވިދާނޭ މިންވަރަކީ 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްކަމާއި މިއީ ދިވެހިރާއްޖޭގައި އަމަލުކުރުން އެކަށީގެންވާ މިންގަނޑެއް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާތީކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދަޢުވާއެއް ނުކުރުމަށް އިޤްރާރުވެ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށް، ނިންމާފައިވާނެކަމަށާއި، މިފަދައިން މައްސަލަ ޙައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީޢަތުގެ މަރުޙަލާއިންކަންވެސް ފާހަގަކުރާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ނުޙައްޤުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލުތައް:

ކުރީ ސަރުކާރުތަކުގައި ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ވަޒީފާ އިޔާދަކޮށްދިނުމަކީ ސަރުކާރތުގެ ވަޢުދެކެވެ. އަދި އެފަދަ މައްސަލަތައް ރައީސް އޮފީހަށް ހުށައެޅުމަށްވެސް ސަރުކާރުން ހުޅުވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ