ސަރުކާރުން ހިންގާ ނޭއްގާނީ ކަންތައްތަކާއި، އިންސާފާއި ދެކޮޅަށް ކުރަމުންދާ ކުރަމުންދާ ކަންމާއި ދެކޮޅަށް މިހުކުރު ދުވަހު މުޅި ރާއްޖޭގައި "އިންސާފު ހޯދަން" ނަމުގައި ސުލްހަވެރި ހިނގާލުމެއް މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާކު ނެގެހެއްޓޭނީ އަދުލުވެރިކަމާއިއެެކު ރާއްޖޭގައި ކަންކަން ކުރެވިގެން ކަމަށެވެ. އަދުލު އިންސާފު ގެއްލި ރައްޔިތުންނަށް އިންސާފެއް ނެތްތަނެއްގައި އަމާންކަމެއްވެސް ނޯންނާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަންކަމާއި ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވެ އަޑު އުފުލަން ބޭނުންވާކަމަށެވެ. ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަށް ހުކުރު ދުވަހު މުޅި ރާއްޖޭގައި ބާއްވާ މި ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި، މާލޭގައިވެސް މި ހިނގާލުން ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ ހުއްދަވެސް މިހާފރު ހޯދާފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 4 އިން އިރުއޮއްސި 6 ޖެހުމާއި ހަމަައަށް ކަމުގައެވެ. މާލޭގައި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުގައި އެރަށެއްގެ ޕީޕީއެމް އޮފީސް ނުވަތަ، އެރަށެއްގެ ޕީޕީއެމްގެ ގޮފިން ނިންމާ ސަރަހައްދަކުން ކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
މިއީ ކޯވިޑް-19 ގެ ހާލަތު މިފަހުން ގޯސްވުމަށްފަހު އެޕާޓީން އިންތިޒާމުކުރާ ފުރަތަމަ މަގުމަތީ ހަރަކާތެވެ.
One Response
Idhikolheh ekkolhah kiaane kameh neh hama nukunnan vee nukunnan veeee.