މާދަމާ މަޖިލިސް ޖަލްސާ ނުބާއްވަން ނިންމައިފި

މާދަމާ މަޖިލިސް ޖަލްސާ ނުބާއްވަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2021 08:37
0

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ކުރާނެ ކަމެއް ނެތުމުން، ޖަލްސާ ނުބާއްވަން ނިންމައިފިއެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވި މަޖިލިސް މެމްބަރަކު ވިދާޅުވީ ޖަލްސާ ނުބައްވަން ނިންމެވީ ތަޅުމުގައި ކުރާނެ މާމުހިންމު މަސައްކަތެއް ނެތުމުންކަމަށެވެ. މިއަދުވެސް މަޖިލިސް ޖަލްސާ ނިންމާލާފައިވަނީ މަޖިލިސްގެ ތަޅުމަށްވުރެ ކޮމެޓީގައި ކުރާނެ މަަސައްކަތް ގިނަވުމުން ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މާދަމާ މަޖިލިސް ޖަލްސާ ނެތްކަމުގައި ވީނަމަވެސް ގިނަ ކޮމެޓީތަކެއް މާދަމާ ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ. މަޖިލީހުގެ ކޮމެޓީތަކުގައި ނުނިމިހުރި ގިނަ ބިލްތަކެއްވެއެވެ. ތަޅުމުގައި މަސައްކަތް މަދުވެފައިވަނީ މަޖިލީހުގައި ބަހުސްކުރާނެ ބިލްތަކެއްވެސް ނެތުމުންނެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަޖިލިސްގެ ރިޔާސަތު ބެލަހައްޓަވަމުން ދިޔައިރު، މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ނިންމައި، ތަޅުމުގައިވެސް ކޮންމެ ދުވަހަކު މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ހުންނެވި ހިސާބުން މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ ވަރަށް ނިކަމެތި ގޮތަކަށް ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތައްކާނު
އަނީގެކުދިމްކޮޅުނުހޮވިމައްސަލަބަލަންފެނޭ
ގ ގަންޖާ
އަޅެ އަފުގާން ތާލިބާނުގެ ވެރިޔާ މަހީކުރީ މަޖިލީހަ ހާޒިރުކުރާ ނެކަމަށް
ބ ބަދިގެ
ތަޅުމުގައި ނުބާވަންޏާ ޕާކުގައި ބާއްވާ..ނޫނީ ބަދިގޭގައި ބާއްވާ..