ސައިފް އަލީހާން ގެ ކުރިއަށް އޮތް ފިލްމް "ބޫތު ޕޮލިސް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމުން ސައިފް އާއި އެކު އަރުޖުން ކަޕޫރު، ޖެކްލިން ފެރްނަންޑޭޒާއި ޔަމީ ގޯތަމް ފެނިގެން ދާނެއެވެ.
ސެޕްޓެމްބަރު މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާ ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ހޮރޯ-ކޮމެޑީ އެކެވެ.
މި ފިލްމްގެ ޓްރެއިލާ އާންމުކޮށްފައިވާ އިރު އަރުޖުން ކަޕޫރު ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް ޓްރެއިލާ ހިއްސާކޮށްފައެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ ޕަވަން ކިރްޕަލާނީ އެވެ. މި ޖޯންރާގެ ފިލްމްތައް ބޮޑަށް މަގުބޫލުވެގެން ދިއައީ "ސްތިރީ"އަށް ފަހުއެވެ. 2018 ވަނަ އަހަރު ނެރުނު "ސްތިރީ"ގެ ތަރިންނަކީ ޝްރައްދާ ކްޕޫރު އަދި ރާޖް ކުމާރު ރާއޯ އެވެ.