ޝިލްޕާގެ ހިޔަނީގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން: ޝަމީތާ

ޝިލްޕާގެ ހިޔަނީގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން: ޝަމީތާ

Author
ފާތިމަތު ނާވީ
17 އޮގަސްޓް 2021 08:50
0

އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއްހޯދާއި އަދި ބޮލީވުޑްގައި ވެސް ކާމިޔާބު މީހެއްގެ ކޮއްކޮ އެއްގެ ގޮތުގައި ނާކާމިޔާބުގެ ތައްގަނޑުޖެހިފައި ހުންނަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ބޮލީވުޑްގެ މަގުބޫލު ފިލްމީތަރި ޝިލްޕާ ޝެއްޓީގެ ކޮއްކޮ ޝަމީތާ ޝެއްޓީ ބުނެފިއެވެ.

ބިގްބޮސް އޯޓީޓީގެ އާދިއްތަ ދުވަހުގެ އެޕިސޯޑް "ސަންޑޭކާ ވާރް" ގައި ޝޯގެ ހޯސްޓުވަނީ މި ޝޯގައި ޝަމީތާ ޕާފޯމްކުރަނީ ވަރަށް ރަނގަޅަށްކަމަށް ބުނެފައެވެ. އަދި މި ޝޯގައި އެނާ އެކަނި އުޅޭތީ ގިނައިން ފެންނާތީ އެއްވެސް މައްސަލައެއް އުޅޭތޯ ސުވާލުކުރުމުން ޝަމީތާ ބުނެފައިވަނީ އިންޑަސްޓްރީގައި ހޭދަކުރެވުނު 20 އަހަރަކީ ވަރަށް ދަތި އުދަގުލާއި ކުރިމަތިވި އުޅެން އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

މީގެއިތުރުން ޝަމީތާ ބުނެފައިވަނީ އޭނާ މަޝްހޫރު ވެފައިވަނީ އަދި ގިނަ މީހުން އޭނާ ދަންނަނީ ޝިލްޕާގެ ކޮއްކޮގެ ގޮތުގައި ކަމަށްށެވެ. އަދި އޭނާއަކީ ޝިލްޕާގެ ހިޔަނީގެ ދަށުގައި އުޅޭ މީހެއްކަމަށްވެސް ބައެއް މިހުން ގަބޫލުކުރާކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެގޮތް ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުންވަނީ އަމިއްލަ މީހެއްގެ ގޮތުގައި މަގުބޫލުމީހަކަށް ވާން ކަމަށް ޝަމީތާ ބުންޏެވެ.

ޝިލްޕާ ޝެޓީ އާއި ހިލާފަށް ޝަމީތާ އަކީ މިހާދުވަސް ވީއިރުވެސް ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ތަރިއެކެވެ. އަދި މިހާރު އޭނާއަކި ކުޅޭނެ ފިލްމެއްވެސް ހާލަކުން ފަހަރަކު ނޫނީ ނުލިބޭ ތަރިއެކެވެ. ޝަމީތާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިއަ އަހަރު ޒީ-5 އިން ގެނެސްދިން ވެބް ސީރީޒް "ބްލެކް ވިޑޯ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.