އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާތް ބޭފުޅުންތަކެއް މިހާރުވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނައި ބައިއަތު ހިފުމަށްޓަކައި، މިހާރުވެސް މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި، މިކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅަންޖެހޭ ކަމުގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ ޕީޕީއެމްއާއި، އެމްޑީޕީން މަސައްކަތް ކުރަންވާނީ ވަކިންކަމަށާއި، އެއީ ސިޔާސީ ނިޒާމާއި، ރާއްޖޭގެ ކުރިއެރުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ. އަދި އެމްޑީޕީން ކަންކަން ނިންމާނެގޮތް އެޕާޓީގެ ޤަވާއިދުތަކުގައި އޮތްއިރު، ވަކި ބޭފުޅަކު ވިދާޅުވާ ވިދާޅުވުމަކީ އެމްޑީޕީގެ ނިންމުމަކަށް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވީ ރައީސްގެ ވާހަކަތަކަށް ބަލާއިރު ރައީސް ނަޝީދުގެ ވިސްނުމަކީ އެމްޑީޕީގެ ފިކުރާއި ދިމާ އިދިކޮޅު ވިސްނުމެއްކަމަށެވެ. އެހެންކަމުން މިކަންކަމަށް ޕާޓީ ތެރެއިން އޮންނަ އުސޫލުން ބަލައި، ފިޔަވަޅު އެޅެންޖެހޭކަމަށެވެ. އަދި މިހާރުވެސް ރައީސް ނަޝީދުގެ ގާތްބޭފުޅުން މިމަޝްވަރާތައް އިދިކޮޅާއި ކުރަމުންދާކަމަށް މޫސަ ވިދާޅުވިއެވެ.
MDPގެ އެއްމެ އިސްލީޑަރު ވިދާޅުވި ވާހަކަތަކަށް ބަލާއިރު އިދިކޮޅުޕާޓީއާ ގުޅެން MDPގެ ރައީސް ނިންމަވާ އިއުލާންކުރުމަކީ ޕާޓީގެ ފިކުރާއި ދިމާ އިދިކޮޅަށް ކުރެއްވި ކަމެއް. ފިޔަވަޅުއަޅާ ކޮމެޓީން މައްސަލަ ބަލަންޖެހޭ. މިހާރުވެސް ރައީސް ނަޝީދުގެ ގާތްބަޔަކު އިދިކޮޅާ ވާހަކަ ދައްކަމުންގެންދޭ.
– މޫސާ މަނިކު
މޫސަ ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއަކަށްވާއިރު، ޕާޓީ ތެރޭގައި މަސްލަހަތު ގެއްލޭގޮތަށް އެއްވެސް މެމްބަރަކަށް އަމަލު ކުރެވިގެން ނުވާނެކަމަށެވެ. އަދި އެފުރުސަތު ދެވިގެންވެސް ނުވާނެކަމަށެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރު ހަސަން އަފީފް ރައީސް ޞާލިހުއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލަ ބަލަން ޗެއާޕާސަންގެ އަރިހުގައި ދެންނެވުމުން އެވާހަކަ އަފީފަށް އަންގަވައި، ރައީސަށް ޖެއްސުން ކުރާ އުސޫލުން ކަންކަން ކުރުމަކީ ޖާގަ ދެވިގެންވާނެ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.
ޕާޓީގެ އިސްލީޑަރު ޕާޓީގެ އެތެރޭގައި ފިތުނައުފެދޭ މައްސަލައެއްބަލަން އެދުނީމަ ޗެއަރ ޕާރސަން ހަސަންލަތީފް އެކަން ޖޯކަކަށް ހައްދަވާ ހަސަންއަފީފަށް އެމައުލޫމާތު ދީފަ ޓީވީއަށް އަރުވާފަ ރައީސް އިބޫއަށް އިތުރަށް އެއްޗެތި ކީ މައްސަލަވެސް ފިޔަވަޅުއަޅާ ކޮމެޓީން ބަލަންޖެހޭ.
– މޫސާ މަނިކު
ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގައި އެކީގައި ނުކުރެވޭނެކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ކޯލިޝަން ހެދުމަކީ ރާއްޖޭގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ ރައީސް ޔާމީންނާއިއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދައުވަތަށް އިދިކޮޅު ކޯލިޝަން ވަނީ ނޫނެކޭ ބުނެފައެވެ.
3 Responses
ސިޔާސީ ރަންޑީން ދައްކާ ވާހަކަ ބުރަދަނެއް ނެތް. މޫސާ އަކީ ބޮޑު ޖޯކެއް. އަބަދުވެސް ވެރިކަމުގައި ހުންން މީހެއްގެ ފައި މަސާޖުކޮށްގެން ކޮންމެވެސް މާލީ އަވަސް ފައިދާއެއް ހޯދާ މީހެއް.
ބަޔަކުތިބިއްޔާ ތިކަލޭގެ އަދަގޮޑިޖަހާ ހައްޔަރުކުރަންވީ ތިކަލޭއާހެދި މިރާއްޖެއިށް ބޮޑުބަލާއަކަވެއްޖެ
ރީކޯމޫސައަކީ އަބަދުވެސް ވެރިކަމުގަ ހުންނަ މީހެއްގެފައިމޮޑޭމީހެއް އަންނި ވެރިކަމުގަ އަންނިގެފައިމޮޑެދީގެން ޔާމީނާ ގާސިމު ޖަލަށް ލެއްވީ އަބުދުލާ ގާޒީ ފޮރުވީ ޔާމީނުވެރިކަމުގަ ޔާމީނުބަޑައްވަދެގެން މުސްކުޅި މަައުމޫނު ޖަލަށްލީ މިހާރު ސޯލިހު ބަޑަށްވަދެގެން އެއުޅެނީ އަންނިއާދިމާކޮއްގެން