އަދާލަތު ޕާޓީ ނަމަކަށް ކިޔާ ޕާޓީއެއް މުސްތަގުބަލުގައި ރާއްޖޭގައި ނޯންނާނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅު ވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ ފިޔަވާ އަދާލަތު ޕާޓީ ގަބޫލުކުރާނެ ބަޔަކު މިރާއްޖޭގައި ނެތް ކަމަށާއި އަދި އަދާލަތު ޕާޓީއަކީ ރައްޔިތުންވެސް ގަބޫލު ކުރާ ޕާޓީއެއް ނޫންކަމަށެވެ. އަދި އެޕާޓީގެ ލީޑަރޝިޕްވެސް ވަނީ ގަސްބުން ފޭރިގެންފައި ކަމަށްވެސް މުސްތަފާ ވިދާޅުވެފައި ވެއެވެ.
Adhaalathu party kiyaa party eh musthagubaluga Raajjeyga noanaane MDP fiyavaa AP gaboolu kuraane Ehen party eh Raajjeyga neiy, E party akee Rahyithun ves gaboolu nukuraa party eh. E party ge leadership ves vanee gasbun vagah feyri ganefa..!!
— Mohamed Musthafa (@Thimarafushi) August 11, 2021
ކުރީގެ މެމްބަރު މުސްތަފާ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ނަޝީދުއާއި އަދި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް ގެންދަވަނީ އަދާލަތުގެ ޕާޓީއަށާއި އެޕާޓީގެ އިސްވެރިނަށް އަމާޒުކޮށް ބޮޑެތި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އަދި މީގެ އިތުރުން ނަޝީދު ދާދިފަހުން ވަނީ، ރައީސް ސާލިހުގެ ނިންމެވުންތަކަށް އަދާލަތު ޕާޓީގެ ނުފޫޒު ފޯރާކަމަށް ވިދާޅުވެފައެވެ. އަދި އަދާލަތު ޕާޓީއާއި ނަޝީދުއާއި އެންމެ ބޮޑަށް ޚިޔާލުތަފާތުވެގެން ދިޔަ އެއް މައްސަލައެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވަނީ މަޖިލީހުގެ ފާއިތުވި ދައުރުގައި އެމަޖިލީހުން ފާސްކުރަން މަސައްކަތް ކުރި ނަފްތަރުގެ ބިލުގެ މައްސަލައިގައެވެ.
މިގޮތުން ނަފްރަތުގެ ބިލާ ދެކޮޅަށް އަދާލަތު ވާހަކަ ދައްކަވާފައިވާއިރު، ރައީސް ސާލިހު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ، މަޖިލިހަށް ނަފްރަތުގ ބިލް އެންމެ ފުރަތަމަ ހުށަޅުއްވާފައި ވާގޮތަށް މިހާރު އެބިލް ފާސްކުރުމަށް ސަރުކާރުން ބޭނުން ނުވާ ކަމުގައެވެ.
ތިމަރަފުށީ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު މުސްތަފާއަކީ، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަޖިލިހުގެ ތެރޭގައި އޭރު މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މިސަރުކާރާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ