ދަރިވަރުންގެ ރައްކާތެރިކަމަށް ވެކްސިން ކެމްޕެއިނެއް ފަށައިފި

ދަރިވަރުންގެ ރައްކާތެރިކަމަށް ވެކްސިން ކެމްޕެއިނެއް ފަށައިފި

ކޯވިޑު-19 އިން ރައްކާތެރިވާން ވެކްސިން ޖެހުމަށް ހިތްވަރުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

މި ކެމްޕެއިނަކީ ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދިނުމަށް ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

"ދަރިވަރުންނަށް ރައްކާތެރިކަން" ނަމުގައި ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ކެމްޕެއިނެއް ފެށީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތައް ވެސް ކޯވިޑުން ރައްކާތެރި ކުރުމަށް ކަމަށްވެސް މިނިސްޓރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކެމްޕެއިނުގެ މަގުސަދަކީ ތައުލީމީ ދާއިރާގެ އެންމެންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުން ކަމަށެވެ.

މިފަދަ ކެމްޕެއިނެއް ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް އަންގާފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު މޮނިޓަރިންގގައި ނެތް ރަށްރަށުގައި ސްކޫލަށް ދަރިވަރުން ހާޒިރުވެގެން އާންމު ހާލަތުގައި ސެޝަންތައް ބޭއްވި ދިގުމިނަށް ކިޔަވައިދިނުމަށް މިނިސްޓރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޯވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ސްކޫލްތަކަށް ވަދެނުކުމެ ނުހެދޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *