އަފީފު ހިންހަމަނުޖެހެނީ އޭނާގެ ކުންފުޏަށްލިބޭ ވިޔަފާރި މަދުވާތީ: އަލްހާން

އަފީފު ހިންހަމަނުޖެހެނީ އޭނާގެ ކުންފުޏަށްލިބޭ ވިޔަފާރި މަދުވާތީ: އަލްހާން

ގުޅުންހުރި

މިސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުދެކެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހިތްޕުޅާނުވަނީ އަމިއްލަ ހިއްސާ އޮންނަ ކުންފުޏަށް ސަރުކާރުންދޭ ވިޔަފާރި މަދުވުމުން ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އަދާލަތު ޕާޓީގެ ބޭފުޅުން ރުއްސަވަން މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނަކީ އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އަފީފް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންވެ. އަލްހާން ވިދާޅުވީ އަފީފާއި، ހިޔަލީ މުހަައްމަދު ރަޝީދުގެ ވިޔަފާރި ކުންފުނި (މެޑިކުއިޕް) އަށް ސަރުކާރުން ފޯރުކޮށްދޭ ވިޔަފާރި މަދުވުމުން އަފީފް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭކަމަށެވެ. މިބޭފުޅުންނަކީ މުޅިންވެސް އަމިއްލަ އަންބޮޑި ބޮޑުކުރަން އުޅޭ ބައެއްކަމަށް އަލްހާން ވިދާޅުވިއެވެ.

އަފީފަކީ #މެޑިކުއިޕް (ހުރިހާ ސަރުކާރެއްގައިވެސް ބޭހުގެ ވިޔަފާރި ދައުލަތާއެކީ ކުރާ ބޮޑު ކުންފުނި) ގެ ހިއްސާދާރެއް! އަނެކާ އަކޫ މަޝްހޫރު ހިޔަލީ! މިސަރުކާރުން އެކުންފުންޏަށް ދޭ ވިޔަފާރި މަދުވީ! ހައްތަހާވެސް އަމިއްލަ އަންބޮޑިއަށް ގިނަކުރަން އުޅޭ ވަގު ވިޔަފާރިވެރިން!

– އަލްހާން ވިދާޅުވިއެވެ. 

އަފީފް ވިދާޅުވީ މާ ބަސް ވިދާޅުނުވެ ހުންނެވުމަކީ "ހިކުމަތްތެރި" ގޮތެއް ކަމަށް ބައެއް ބޭފުޅުންނަށް ސިފަވި ނަމަވެސް އެއީ ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ފަރާތުން ފެންނަން ވާނެ ސިފައެއް ނޫން ކަމަށެވެ. އަދާލަތު ޕާޓީ ބޭނުންވާ ގޮތަށް ބައެއް ކަންކަން ރައީސް ނިންމަވަމުން ގެންދެވުމާ ގުޅޭ ގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން އަފީފް ވިދާޅުވީ ރައީސްއަކީ ވެސް އަދާލަތު ޕާޓީގެ މެންބަރަކަށް ވެދާނެ ކަމަށެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިތުރު ފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. ނަޝީދު އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވައި އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. އޭގެ ފަހުގައި ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވައި އެ ހޮސްޕިޓަލުން ވެސް ގިނަ އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ކުރިންވެސް އަފީފް ވަނީ މަޖިލީހުގައި ސަރުކާރަށް ތަފާތުއެކި ހާލަތްތަކުގައި ފާޑުކިޔާފައެވެ. ޚާއްސަކޮށް ޞިއްޚީ ކަންކަމުމުގައި ައަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ