ކުޑަކުދިންގެ ކާތަކެތި އެޅުމަށް ހާއްސަ 2 ތައްޓެއް ބޭނުން ނުކުރަން އަންގައިފި

ކުޑަކުދިންގެ ކާތަކެތި އެޅުމަށް ހާއްސަ 2 ތައްޓެއް ބޭނުން ނުކުރަން އަންގައިފި

Author
ޢަލީ އާދަމް
01 އޮގަސްޓް 2021 06:17
0

ކުޑަކުދިންގެ ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އާއި "ސިލިކޯން ސެނެޕް ކަޕް" ނުވިއްކުމަށާއި، ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ބާވަތެއް ކަމަށެވެ.

"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއޮތޯރިޓީން ވަކި ގޮތެއް އަންގަންދެން 'މުޝީ' ބްރޭންޑުގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސެނެޕް ކަޕް" ނުވިއްކުމަށާއި، ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް އަންގަމެވެ"

– އެމްއެފްޑީއޭ

އަދި މި ބާވަތް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާމް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށާއި، އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް މިންވަރު ބަލަމުން ގެންދާކަމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.