މާލޭގެ ކެފޭ، ރެސްޓޯރެންޓްތަކުގެ ހުއްދަ ބަލައި ފާސްކުރަން ފަށައިފި

މާލޭގެ ކެފޭ، ރެސްޓޯރެންޓްތަކުގެ ހުއްދަ ބަލައި ފާސްކުރަން ފަށައިފި

Author
އަހުމަދު
20 އޮގަސްޓް 2026 07:42
0

މާލޭގައި ހިންގަމުންދާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ޕޮއިންޓްތަކުގައި "އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ" އޮތްތޯ ބެލުމުގެ ޚާއްސަ އިންސްޕެކްޝަނެއް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން ފަށައި، މިހާތަނަށް 20 އައުޓްލެޓެއް ވަނީ ބަލައި ފާސްކޮށްފައެވެ.

ހުއްދަތައް ބެލުމުގެ އިތުރުން، މި އިންސްޕެކްޝަނުގައި ދުންހޮޅިތަކުގެ ޙާލަތާއި ޢާންމު ސާފުތާހިރުކަން ވެސް ދަނީ ބަލަމުންނެވެ. އަދި ކުނި މެނޭޖްކުރާ ގޮތާ ބެހޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން ރަނގަޅުކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގައި އެއްވެސް ވިޔަފާރިއެއް ކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ފުރިހަމަކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.