ސަބްސިޑީއަށް ކުރި ހަރަދު 78 އިންސައްތަ މައްޗަށް

ސަބްސިޑީއަށް ކުރި ހަރަދު 78 އިންސައްތަ މައްޗަށް

Author
އަހުމަދު
20 އޮގަސްޓް 2026 07:44
0

ފާއިތުވި ހަފުތާގައި ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަބްސިޑީއަށް ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ހަރަދުކުރި 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 78.4 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ ސަބަބުން އެހީ އާއި ސަބްސިޑީގެ ޖުމްލަ ހަރަދު 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް، ނުވަތަ 44.1 އިންސައްތަ ވަނީ މަތިވެފައެވެ.

މީގެ އިތުރުން، އާސަންދައަށް ކުރި ހަރަދު 14.7 އިންސައްތަ މަތިވެ 1.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހެނިހެން އިނާޔަތްތަކަށް ކުރި ހަރަދު 58.4 އިންސައްތަ މަތިވެ 1.6 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މުސާރައާއި އިނާޔަތާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު 27.4 އިންސައްތަ މަތިވެ 15.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދަރަނި އަދާކުރުމުގެ ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ނަމަވެސް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަރަދުކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ ދަށްވުމެކެވެ.

13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ޖުމްލަ ބަޖެޓް ބެލެންސް ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.