ރިޓްޒް ކާލްޓަން ރިސޯޓުގައި ރޯވި އަލިފާން ނިއްވާލައިފި

ރިޓްޒް ކާލްޓަން ރިސޯޓުގައި ރޯވި އަލިފާން ނިއްވާލައިފި

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 02:29
0

ރިޓްޒް ކާލްޓަން ރިސޯޓުގެ މޫދު ކޮޓަރިއެއްގައި ރޯވި އަލިފާން އެ ރިސޯޓުގެ މުވައްޒިފުން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ 12:29 އެހާކަށް ހާއިރުއެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފްެ ފަޔާ ޓީމު ރިސޯޓަށް ދިޔައިރު، ރިސޯޓުގެ މުވައްޒިފުން އަލިފާން ނިއްވާލާފައިވާކަމަށެވެ.

އަލިފާން ރޯވެފައިވަނީ ވޯޓާ ވިލާއެއްގެ ފަންގިފިލާގައާއި، ފާހަނައެއްގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް އަދި އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.