އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން 1515 އަށް ގުޅުއްވާ!

އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން 1515 އަށް ގުޅުއްވާ!

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 10:21
0

"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން އިންޓަނެޓަށް ގެނެސްދިން ބަދަލާމެދު ޝަކުވާ ހުށަހަޅަން ބޭނުްވާ ފަރާތްތަކުން 1515 އަށް ގުޅުއްވުމަށް އެންވާރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޝައުނާ ވިދާޅުވެއްޖެއެވެ.

އިންޓަނެޓާ މެދު ޝަކުވާ ހުށަހަޅަން "1515″ އަށް ގުޅައި އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީއިން މިއަދު ވަނީ އެދިފައެވެ. "ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން ގެނެސްދިން ބަދަލާއެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ ހެޔޮއަގު ލިބެން ފަށާފައި ވަނީ މި މަހުން ފެށިގެންނެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައި ވާނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދެވެ. އެައުދު ފުއްދުމުގެ ގޮތުން ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބްރޮޑްބޭންޑް އިންޓަނެޓްގެ ހިދުމަތައް ބަދަލުގެނެސް، ވަނީ އަގުހެޔޮ ކޮށްފައެވެ. ނަމަވެސް މޯބައިލް އިންޓަނެޓްގެ އަގު ހެޔޮ ވާނީ އަންނަ އޮކްޓޯބަރ މަހުން ފެށިގެންނެވެ.

އިންޓަނެޓްގެ އަގުތަކަށް އަންނަ ބަދަލާއެކު އަގުތަކުން %28 އާއި %30 އަގުހެޔޮވާނެކަަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން 250 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 30ޖީބީގެ ޑާޓާ ލިބޭ ޕެކޭޖުގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. އަދި 500 ރުފިޔާއަށް 15 އެމްބީޕީއެސް ސްޕީޑުގައި 100ޖީބީގެ ޑާޓާ ލިބޭއިރު 700 ރުފިޔާއަށް 25 އެމްބީޕީއެސް ސްޕީޑުގައި 200ޖީބީގެ ޑާޓާ ލިބެއެވެ. މި ދެ ޕެކޭޖުގެ ވެސް އެންމެ ދަށް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެއެވެ. ރެސިޑެންޝަލް ޕެކޭޖްތަކުގެ އިތުރުން، މޯބައިލް ބްރޯޑްބޭންޑު ޙިދުމަތުންވެސް އަގު ހެޔޮކުރުމަށް ވަނީ ނިންމާފައެވެ. އަދި މޯބައިލް ޑޭޓާ އެލަވަންސް 20 އިންސައްތަައަށް ހެޔޮވެގެންދާނެކަމަށާއި، މިބަދަލުތަކަށް އަންނަ އޮކްޓޫބަރުމަހުން ފެށިގެން އަމަލުކުރަމުންދާނޭކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ދެން މުސްލިމުތަކުންގެ ހެޔޮނަޞޭހަތް ކަމަށް ބުނާ ހުކުރު ޚުތުބާ އަށް ޚޮޤޮބާ ކިޔާ މަލާމާތް ކުރީ ކިހިނެއްވެޔޯ؟؟؟