މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) އެވެ. މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
އަޙްމަދު ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއެވެ.
ވީމާ، އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުނުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ