ޑރ.ޝަހީމްގެ ހެޔޮ ދުޢާ މިނިސްޓަރ އިމްރާނަށް

ޑރ.ޝަހީމްގެ ހެޔޮ ދުޢާ މިނިސްޓަރ އިމްރާނަށް

Author
މުޙައްމަދު ޝަޒައިމް
30 ޖުލައި 2021 01:33
0

ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމަނިކުފާނުގެ ދުވަސްވީ އެކުވެރިޔާ ޝައިޚު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ހެޔޮ ދުއާއި، އިމްރާނާއިއެކުގައި ވާހަކަ ހާމަކޮށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

މިނިސްޓަރ ޢިމްރާން ކޯވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ، އާލާސްކަންފުޅައި އުޅުއްވާތީމިމަހުގެ 28 ގައި ކޯވިޑަށް ޓެސްޓްކުރެއްވުމުން އިއްޔެއެވެ. ބަލީގެ އަލާމަތްތައް ހުންނެވުމުން ރޭވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވިކަން އެނގިފައިވެއެވެ. ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކޯވިޑަށް ޕޮޒިޓިވްވެފައިވާއރު، އެމަނިކުފާނު ވަނީ ކޯވިޑްއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.

މިނިސްޓަރ އިމްރާން ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ހެޔޮ ދުޢާ ދަންނަވަމުންނެވެ. އެމަނިކުފާނަށް ހެޔޮ ދުޢާ ފޮނުވައި ޑރ.ޝަހީމް ވިދާޅުވީ ޢާއިލާއަށާއި، އިމްރާނަށް ހެޔޮ ޞިއްޚަތާއި ރައްކާތެރިކަން އެދި ދުޢާ ކުރާކަމަށެވެ. ސިޔާސީ ގޮތުން ދެ ފިކުރެއްގައި މަސައްކަތް ކުރަން ޖެހުމުން ޑރ.ޝަހީމްއާއި، ޝައިޚު އިމްރާނާއި ދެބޭފުޅުންގެ ގުޅުން ހީނަރުވި ނަމަވެސް ދިމާވާ އެކި ކަންތައްތަކުގައި ދެބޭފުޅުން އެކީގައި ތިއްބައި ދެބޭފުޅުންގެ އެކުވެރިކަން ހާމަކޮށްދެއްވައެވެ.

މިނިސްޓަރ އިމްރާން އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާކުރަން. އެމަނިކުފާނުގެ އާއިލާއަށް ހެޔޮ ސިއްޚަތާއި ރައްކާތެރިކަމަށް އެދެން.

– ޑރ.ޝަހީމް ކުރެއްވި ޓްވީޓުގައިވެއެވެ.

މިނިސްޓަރ ޢިމްރާން ކޯވިޑަށް ޕޮިޒތީވްވެފައިވާއިރު، މީގެ ކުރިން ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެވއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ރާއްޖޭގައޮ ކޯވިޑްގެ ހާލަތު ރަނގަޅުވެ ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދަށްވެފައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.