އެމްއެންޕީގެ ސަރުކާރެއްގައި ތަޢުލީމީ ބޭފުޅުންނަށް ޤައުމަށް ޚިދުމަތް ކުރެެއްވުމުގެ ފުރުސަތު ދޭނަން: ރިޔާޒް

އެމްއެންޕީގެ ސަރުކާރެއްގައި ތަޢުލީމީ ބޭފުޅުންނަށް ޤައުމަށް ޚިދުމަތް ކުރެެއްވުމުގެ ފުރުސަތު ދޭނަން: ރިޔާޒް

Author
ޢަލީ އާދަމް
29 ޖުލައި 2021 07:47
0

އަލަށް އުފެއްދުމަށް މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓ،ީ އެމްއެންޕީގެ ސަރުކާރެއްގައި ތަޢުލީމީ ބޭފުޅުންނަށް ޤައުމަށް ޚިދުމަތް ކުރެެއްވުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅާ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް، (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެމްއެންޕީގެ ރެޖިސްޓްރޭޝަނަށް ޚާއްސަ އޮފީހެއް މާލޭގައި އިއްޔެ ވަނީ ހުޅުވާފަ އެވެ. އެއޮފީހަށް ފުރަތަމަ ބަލައިގަތް މެމްބަރޝިޕް ފޯމެއްގެ ގޮތުގައި ބަލައިގަތީ، ތައުލީމީ ދާއިރާއިން ރިސަރޗްތައް ހެއްދެވުމުގައި ރާއްޖެއާއި އޮސްޓްރޭލިއާގައި 25 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. އިބްރާހީމް ލަތީފްގެ ފޯމެވެ.

އެހެންކަމުން ޑރ. ލަތީފަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރެއްވީ ޓްވީޓެއްގައި ރިޔާޒް ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ތަޢުލީމީ ބޭފުޅުންނަށް ޤައުމަށް ޚިދުމަތް ކުރެެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ.

އެމްއެންޕީ ތަޢާރަފް ކުރުމަށް މިނިވަން ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކާނަލް ނާޒިމް ވިދާޅުވީ ވިދާޅުވީ އެމްއެންޕީއަކީ ސީދާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަޤްސަދުގައި އުފައްދަވާ ޕާޓީއެއް ކަމަށާއި، މިހާރު ރާއްޖޭގައި ހުރި ގިނަ ސިޔާސީ ޕާޓީތައް ހެން އެންމެ މީހެއްގެ ފަހަތުގައި ވަށާ އެނބުރޭ ޕާޓީއަކަށް އެޕާޓީ ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ގިނަވެގެން މަގާމުގައި ތިއްބެވޭނީ ދެ ދައުރަށް ކަމަށް އަސާސީ ގަވައިދުގައި ހިމަނުއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެގޮތަށް ޕާޓީގެ އަސާސްތައް ކަނޑައަޅާނީ ގިނަބަޔަކަށް ހާއްސަކޮށް ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.