ގުރޫ ލަވަކިއުމުން، ފިލްމު ކުޅުމަށް!

ގުރޫ ލަވަކިއުމުން، ފިލްމު ކުޅުމަށް!

Author
ފާތިމަތު ނާވީ
29 ޖުލައި 2021 02:52
0

އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ގުރޫ ރަންދާވާ އެކްޓިންގ ދާއިރާއަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.

ގުރޫ ބޮލީވުޑަށް ތަޢާރަފްކުރަނީ "އެންޑެމޯލް ޝައިން އިންޑިއާ" އިން މަސައްކަތް ފަށަން ތައްޔާރުވަމުންދާ މިއުޒިކަލް ޑްރާމާ އަކުންނެވެ. މީ ގުރޫގެ ފުރަތަމަ ފިލްމަށް ވީނަމަވެސް މީގެކުރިން އޭޏާގެ ބައެއް ލަވަތަކުގެ މިއުޒިކް ވީޑިއޯގާއި އޭނާ ވަނީ އެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ޒުވާން ތަރި ނުސްރަތު އަދި ނެށުންތެރިޔާ ނޯރާ އާއެކު ކުޅުނު ލަވަތައްވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Guru Randhawa (@gururandhawa)

29 އަހަރުގެ ގުރޫ އެކްޓިންގ ދާއިރާއަށް ނުކުންނަން ތައްޔާރު ވާއިރު އެއީ އާންމުންގެ މެދުގައި މިހާރުވެސް މަގުބޫލު ލަވަ ކިއުންތެރިއެކެވެ.

ގުރޫ ބުނާގޮތުގައި ލަވަ ކިއުމުގެ އިތުރުން އިންޑަސްޓްރީގައި ކުރިއަރައިދާން ބޭނުންވާ ކަމަށާއި، މުސްތަގުބަލުގައި ގިނަ ކަންތަށްތަކެއް ތަޖުރިބާކޮށް މޮޅުމީހަކަށް ވާން ބޭނުންވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Guru Randhawa (@gururandhawa)

މިއީ އޭނާގެ ޑްރީމް ޕްރޮޖެކްޓުގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނެފައިވަނީ މިދާއިރާއިން ވެސް ފޭނުންގެ ލޯބި ލިބޭނެ ކަމަށް އުންމީދު ކުރާމަށެވެ.

މިހާރު ކުރިއަށްދަނީ މި ފިލްމްގެ ކާސްޓް ހަމަޖެއްސުމުގެ މަސައްކަތް ތަކެވެ. މި ފިލްމަކީ މިއުޒިކަލް އައިކޮން އަކަށް ވާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.