ހުޅުމާލޭ އެކްސިޑެންޓް: ދެ މީހަކު އަދިވެސް ވެންޓިލޭޓަރުގައި

ހުޅުމާލޭ އެކްސިޑެންޓް: ދެ މީހަކު އަދިވެސް ވެންޓިލޭޓަރުގައި

Author
އަހުމަދު
10 އޮކްޓޯބަރ 2026 05:16
0

 

ހުޅުމާލޭގައި ބުދަ ދުވަހުގެ ރޭ ހިނގި ސައިކަލު އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އަދިވެސް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި، މި ހާދިސާގައި އަނިޔާވެގެން ވޯޑަށް އެޑްމިޓްކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ފަރުވާ ދީގެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުގައި، ތިން މީހަކު އަރައިގެން ދުއްވި ސައިކަލު އެހެން ސައިކަލެއްގައި ޖެހުނީ، ވަންވޭއާ ހިލާފަށް ދުއްވަމުން ފުލުހުންނަށް ފިލަން އުޅުނު ވަގުތުއެވެ. އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށާއި، އެ ދުއްވި މީހާގެ ކިބައިގައި ޑްރައިވިންގ ލައިސަންސެއް ވެސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.