ސުޕްރީމް ކޯޓަށް އާ އިމާރާތެއް އަޅަން ރަސްފަންނު ކުރިމަތިން 18،000 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފި

ސުޕްރީމް ކޯޓަށް އާ އިމާރާތެއް އަޅަން ރަސްފަންނު ކުރިމަތިން 18،000 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފި

Author
އަހުމަދު
10 އޮކްޓޯބަރ 2026 05:10
0

 

ސުޕްރީމް ކޯޓުގެ އާ އިމާރާތް ބިނާކުރުމަށް މާލޭގެ ރަސްފަންނު ކުރިމަތިން ބިމެއް ކަނޑައަޅައިފި އެވެ.

މި ބިމާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހާމަކުރެއްވީ، ސުޕްރީމް ކޯޓު އުފެދިތާ 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. ސޯޝަލް ސެންޓަރުގެ ފަހަތުގައި، ބޮޑުތަކުރުފާނު މަގާއި ރަސްފަންނަށް ކުރިމަތިލާ ގޮތަށް ހުންނަ މި ބިމުގެ ބޮޑުމިނަކީ 18،000 އަކަފޫޓެވެ.

އިމާރާތް ބިނާކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފަށާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން އުފެއްދި ސުޕްރީމް ކޯޓު ފުރަތަމަ ހިންގީ މުލީއާގޭގަ އެވެ. ނަމަވެސް މުލީއާގެ އަލުން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާ ގުޅިގެން، 2009 ވަނަ އަހަރުން ފެށިގެން ކޯޓު ހިންގަމުން އަންނަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.