ޤައުމު ބިނާކުރުމުގައި އިސްރަށްވެހިންގެ ޤުރުބާނީ ބޮޑު: މެޑަމް ސާޖިދާ

ޤައުމު ބިނާކުރުމުގައި އިސްރަށްވެހިންގެ ޤުރުބާނީ ބޮޑު: މެޑަމް ސާޖިދާ

Author
އަހުމަދު
10 އޮކްޓޯބަރ 2026 05:11
0

 

ޤައުމު މިއަދު އޮތް ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވެފައިވަނީ އިސްރަށްވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ޤައުމަށް ދިމާވި ކޮންމެ ދަތި ހާލަތެއްގައި ބުރަ އުފުލައި، ޤައުމު ބިނާކުރާ ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށްދީފައިވަނީ އިސްރަށްވެހިން ކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ހުރިހާ މީހަކަށް މުހިންމު ކަމެއް ނަމަވެސް، އިސްރަށްވެހިންގެ ނަފްސާނީ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އިސްލާމްދީނުގައި ވެސް އިސްރަށްވެހިންނަށް އިޙްތިރާމްކޮށް ކަމޭހިތުމަށް ބާރުއަޅާފައިވާ ކަމަށް ފާހަގަކުރައްވައި، ސާޖިދާ ވިދާޅުވީ ފާއިތުވި ދެތިން އަހަރުގައި ހުޅުވުނު އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން އެމީހުންގެ އެކަނިވެރިކަން ކުޑަވެ، ނަފްސާނީ ޞިއްޙަތަށް ހެޔޮ ބަދަލު އަންނަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަރުކަޒުތަކުގެ ދައުރު އިތުރަށް ފުޅާކުރާނެ ކަމުގެ ޔަޤީންކަން ވެސް އެކަމަނާ ދެއްވިއެވެ.

ޙަފުލާގެ ތެރޭގައި ބޭއްވި ކަސްރަތުގެ ޙަރަކާތާއި "އިސްރަށްވެހިންގެ ސައްލާ" ގައި ވެސް ސާޖިދާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.