ކޯވިޑް ބަލީގައި މިއަހަރު އިޓަލީގައި މަރުވެފައިވާ %99 މީހުންނަކީ ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުން

މިއަހަރު ފެބްރުއަރީ މަހަށްފަހު، ކޯވިޑް ބަލީގައި އިޓަލީގައި މަރުވި %99 މީހުންނަކީ ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުން

މިއަހަރު ފެބްރުއަރީ މަހަށްފަހު، ކޯވިޑް ބަލީގައި އިޓަލީގައި މަރުވި %99 މީހުންނަކީ ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުން

މިއހަރުފެ ފެބްރުއަރީ މަހުގެ ފަހުން، ކޯވިޑް ބަލީގައި އިޓަލީގައި މަރުވެފައިވާ %99 މީހުންނަކީ ކޯވިޑް19 ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުންކަމުގައި އެގައުމުގެ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓް (ISS) އަންގާރަ ދުވަހު ބުނެފިއެވެ.

މި ހިސާބުތައް ދެނެގަތުމަށްޓަކާ ހަދާފައިވާ ދިރާސާ ހަދާފައިވަނީ، އިޓަލީގެ އާންމު ސިޙަތާއި ގުޅޭ އިދާރާއިން އާންމުކޮށް ނެރެމުންދާ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން، ކޯވިޑް19ގައި ވަރަށް މަދުން ނަމަވެެސް، މަރުވެފައިވާ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަކީވެސް، ވެކްސިން ފުރިހަމަ ނުކުރަނީސް މަރުވެފައިވާ މީހުންގެ އުމުރާ އަޅާބަލާއިރު އާދަޔާ ޚިލާފަށް އުމުރުން ދުވަސްވީ މީހުންނެވެ. މިގޮތުން ފާހަގަ ކުރެވިފައިވަނީ، މި އެންމެނަކީވެސް އެވްރެޖްކޮށް އުމުރުން 88.6 އަަހަރު ވެފައިވާ މީހުން ކަމުގައެވެ.

އަދި މިމީހުންނަކީ، ކޯވިޑް19ގެ އިތުރުންވެސް ސިއްޙީ އެހެން މަސައްކަތަކަށް ފަރުވާ ހޯދަމުން ގޮސްފައިވާ މީހުންކަންވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ފާއިތިވެދިޔަ ހަފްތާގައި، ފްރާންސެކޭ އެއްފަދައިން، ކާ ތަންތަނާއި، ޖިމްތަކާއި ޕޫލްތަކަށާއި، މިއުޒިއަމް އަދި ސިނެމާ ފަދަ އާންމުން އެއްވާ ތަންތަނަށް ވަނުމުގައި ކޯވިޑް ވެކްސުން ފުރިހަމަ ކޮށްފައިވާކަން، ނުވަތަ ބައްޔަށް އިމިއުންކަން (ބަލި ޖެހި ރަގަޅު ވެފައިވާކަން) ޔަގީން ކުރުން އިޓަލީގައިވެސް ވަރަށް އަވަހަށް މަޖުބޫރު ކުރާނެ ކަމަށް އެގައުމުންވެސް ވަނީ ބުނެފައެވެ.

އަދި އިޓަލީ ސަރުކާރުން މިގޮތަށް އިއުލާން ކުރުމަށްފަހު، ވެކްސިން ޖެހުމަށް ބުކިން ހަދަމުންދާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެގެން ގޮސްފައިވާކަމަށްވެސް އިޓަލީގެ ހަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބުނެފައެވެ.

އިޓަލީގައި މިހާތަނަށް އައިއިރު، އުމުރުން 12 އަހަރުން މަތީ އާބާދީގެ %57 ވަނީ ކޯވިޑ19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް ނިންމާފައެވެ.

މިހަފްތާގެ އަންގާރަ ދުވަހު އިޓަލީގައި ކޯވިޑް ބަލީގައި 22 މީހަކު މަރުވެފައިވާއިރު، ފަހަކަށް އައިސް މިބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް 3,117އިން 4,522 އަށް ވަނީ މައްޗަށް ޖެހިފައެވެ.

މިއަހަރު ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށް، ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބަލީގައި މަރުވެފައިވަނީ 423 މީހުންނެވެ. މިއީ އިޓަލީގައި ކޯވިޑް19ގައި މަރުވެފައިވާ 35,776 މީހުންގެ %1.2 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *