ސޮނީ ޓީވީގެ ރިއަލިޓީ ޑާންސް ޝޯވް "ސުޕަރ ޑާންސަރ" ގެ ޖަޖުކަން ވަގުތީ ގޮތުން ކަރިޝްމާ ކަޕޫރަށް ދީފިއެވެ.
2016 ވަނަ އަހަރުން ފަށައިގެން ކުރިއަށް ގެންދާ މި ޝޯވ ގެ މިހާރު ކުރިއަށް ދަނީ 4 ވަނަ ސީޒަނެވެ. ޝޯވްގެ އެންމެ ފަހު އެޕިސޯޑުން ޝިލްޕާ ޝެއްޓީގެ ބަދަލުގައި ގެސްޓް ޖަޖެއްގެ ގޮތުގައި ފެނިގެންދިޔައީ ކަރިޝްމާއެވެ.
މި ޝޯވް ފެށުނީންސުރެ ޝޯވްގެ ޖަޖެއްގެ ގޮތުގައި ފެންނަމުން އަންނަ ޝިލްޕާ ޝެއްޓީ، މި ޝޯވްއާ ފެޔަށް ޖެހިފައި މިވަނީ މި މަހުގެ 19 ވަނަ ދުވަހު އޭނާގެ ފިރިމިހާ ހައްޔަރު ކުރުމާއި ގުޅިގެންނެވެ. ޝިލްޕާ ގެ ފިރިމީހާ، ރާޖް ކުންދުރާ ހައްޔަރު ކޮށްފައިވަނީ ބަރަހަނާ ފިލްމް ހަދާ އޭގެ ވިޔަފާރީ ކުރި މައްސަލައެއްގަ އެވެ. އެއާއި އެކު ޝިލްޕާ ވަނީ ޓީވީ އާއި އާންމުންގެ ލޯތަކަށް ގެއްލިފަ އެވެ. އެއްވެސް ޝޯވްއެއް އަދި އެއްވެސް ޕްރޮމޯޝަނަލް އިވެންޓެއްގެ އިތުރުން މީޑިއާ އާއިވެސް ވާހަކަދެއްކުމަށް ޝިލްޕާ ވަނީ ދެކޮޅުހަދާފަ އެވެ.
ސުޕަރ ޑާންސަރގެ މި ސީޒަނުގައި މީގެ ކުރިން ވެސް ޝިލްޕާ ވަނީ ބްރޭކެއް ނަގާފަ އެވެ. އެއީ އާއިލާގެ ބައެއް މެމްބަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެނެނެވެ. އެއަށް ފަހު އެނބުރި އައިސް ވަނީ ދެ އެޕިސޯޑެއް ވެސް ޝޫޓް ކޮށްފަ އެވެ.
ޝިލްޕާ އަލުން މި ޝޯވްއާ ގުޅޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭގެއެވެ. ބެލެވޭ ގޮތުގައި އޭނާ ވަކި ގޮތެއް ނިންމާނީ ރާޖްގެ މައްސަލައަށް ވާގޮތެއް އެނގުނީމައެވެ. ފަހަރުގައި ދެން މި ޝޯވްއިން އެއްގޮތަކަށްވެސް އޭނާ ނުފެނުމަކީ އެކަށީގެން ވާކަމެކެވެ.
ޝިލްޕާ ގެ އެބުރިއައުން ފާހަގަ ކުރާ ފިލްމް "ހަންގާމާ 2″ ވެސް ހުކުރު ދުވަހު ވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ރިލީޒްކޮށްފަ އެވެ.