ބައިޖު ބާވްރާއަށް ރަންބީރު ކަޕޫރުގެ ބަދަލުގައި ރަންވީރް ސިންގް!

ބައިޖު ބާވްރާއަށް ރަންބީރު ކަޕޫރުގެ ބަދަލުގައި ރަންވީރް ސިންގް!

Author
ފާތިމަތު ނާވީ
24 ޖުލައި 2021 06:22
0

ޑައިރެކްޓަރި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބައިޖޫ ބަވްރާ"ގެ ލީޑަށް ރަންބީރް ކަޕޫރްގެ ބަދަލުގައި ހޯދުމަށް މަސައްކަތްކުރަނީ ރަންވީރު ސިންގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރިޕޯޓްތަށް ބުނެފައިވާ ގޮތުގައި ރަންބީރް މި ފިލްމު ދޫކޮށްލުމުން ފިލްމުގެ ލީޑް ރޯލަށް ގެނައުމަށް މަސައްކަތްކުރީ ކާތިކް އާރިޔާން އެވެ.

މިހާވަހަތަކުގެ އަޑު ގަދަވާން ފެށީ މާގިނައިން ކާތިކް ބަންސާލީގެ އޮފީހަށް ވަދެ ނުކުމު އުޅޭތަށް ފެންނަން ފެށުމުންނެވެ. ހަމަ އެއާއެކު ބަންސާލީ ޕްރޮޑިއުސް ކުރާ ވެބް ސީރީޒް ހިރާ މަންޑީގެ ލީޑް ރޯލުންވެސް ފެނިގެން ދާނީ ކާތިކް ކަމަށް މީޑީއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ބަތަލުގެ ރޯލުން ފެނިގެން ދާނީ ސޮނާކްޝީ ސިންހާ އެވެ.

ބަންސާލީގެ ގާތް މީހަކާ ހަވާލާދީ މިހާރު މީޑީއާ ހަބަރުތަށް ބުނަމުންދަނީ އެއްވެސް އިރެއްގައި މި ފިލްމް ރަންބީރަށް ހުށައަޅާފައި ނުވާކަމަށެވެ. އަދި މިފިލްމަށް އަބަދުވެސް ގެންނަން ބޭނުންވަނީ ރަންވީރު ކަމަށްވެސް އެމީހާ ބުނެފައިއެވެ. ނަމަވެސް ރަންވީރު އަދި މިފިލްމަށް ސޮއިކޮށްފައެއް ނުވެއެވެ.

ރިޕޯޓްތަށް ބުނެފައިވާ ގޮތުގައި 2012 ގައި އިއުލާންކުރި ރީމޭކް "ބައިޖޫ ބަވްރާ" ހަދަން ބަންސާލީ ބޭނުންވީ ރަންބީރާއި، އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓާއި އަދި ކުރީގެ ލޯބިވެރިޔާ، މިހާރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދީޕިކާ ޕަޑްކޯނާ އެކީގައި ކަމަށެވެ. އާލިއާ އަކީ ބަންސާލީ މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "ގަންގޫބާއީ ކާޓިއާވާޅީ"ގެ ބަތަލާ އެވެ.

"ބައިޖޫ ބަވްރާ" އަކީ 1952ގެ މިއުޒިކަލް ޑްރާމާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.